މި 2 ދުޢާއަކީވެސް ސަޖިދައިގަ އޮންނައިރު ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ކުރަން ރަނގަޅު ދެ ދުޢާއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
މި 2 ދުޢާއަކީވެސް ސަޖިދައިގަ އޮންނައިރު ތިމާގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެން ކުރަން ރަނގަޅު ދެ ދުޢާއެވެ!

ފާފަ ފުއްސަވައިދެއްވެވުން އެދި ސަޖިދައިގައި ކުރަން ރަނގަޅު ދުޢާއަކަށް ގިނަ ބައަކު އެދެމުންދާތީ ހަނދުމަފުޅު އައުކޮށްލައިދޭނަމެވެ. މި ދެ ދުޢާއަކީވެސް ސަޖިދައިގައި ކުރައްވަން ރަނގަޅު 2 ދުޢާއެވެ.  

" اللَّهُمَّ اغْقِرْ لِى ذَنْبِى كُلَّهُ، دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ وَعَلاَ نِيَتَهُ وَسِرَّهُ " 

އެކުލެވިގެންވާ މާނައީ: ޔާ ﷲ! މިއަޅާގެ ހުރިހާ ފާފައެއް ފުއްސަވާފާނދޭވެ. މިއަޅާއަށް ކުރެވޭ އެންމެ ކުދިފާފަތަކާއި ބޮޑެތ ފާފަތައް ހިމެނޭ ގޮތުންނެވެ. އެންމެ ފުރަތަމަކުރެވުނު ފާފަ އާއި އެންމެ ފަހުގެ ފާފަވެސްވެއެވެ ފައިޅުގައާއި ސިއްރިޔާތުގައި ކުރވިފައިވާ ފާފަތައްވެސްމެއެވެ.  

سُبْحَانَكَ اللَّهُمَّ رَبَّنَا وَبِحَمْدِكَ اللَّهُمَّ اغْفِرْلِى 

އކުލެވިގެންވާ މާނައީ: "ޔާ ﷲ! އިނބަ ﷲ ހުސްޠޯހިރުވަންތައެވެ. އަދި އިނބަ ﷲ އަށް ޙަމްދުހުއްޓެވެ. ޔާ ﷲ! މިއަޅާގެ ފާފަފުއްސަވާނދޭވެ!"

 

ދުޢާ މާންކޮށްދެއްވީ: ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު

 

މިއަދު އޮންލައިން