ސައިންސެއް ސްކޭނެއް ނެތް ޒަމާނެއްގައި އިންސާނާ ޚަލްޤްކުރައްވަވާގޮތް ޤުރްއާނުގަ އޮތުން- ގިނަބައަކަށް މިއަދު ސިހުން ލިބޭ ކަމެއް!

ކިޔުމަށް ހޭދަވާނީ 5މ 29ސ
ސައިންސެއް ސްކޭނެއް ނެތް ޒަމާނެއްގައި އިންސާނާ ޚަލްޤްކުރައްވަވާގޮތް ޤުރްއާނުގަ އޮތުން- ގިނަބައަކަށް މިއަދު ސިހުން ލިބޭ ކަމެއް!

ޢާއިޝަތު ރަފާޙް ޢަލީ

 

ކީރިތި ޤުރުއާނާއިމެދު މިއަދުވެސް ފެންނަން އޮތް އެންމެ ބޮޑު އެއް މުޢްޖިޒާތަކީ ޤުރްއާނާއި އެއްފަދަ އެއްވެސް ފޮތެއް އެއްވެސް މީހަކަށް އަދި ބައަކަށްވެސް ނުލިޔެވުނުއިރު ކީރިތި ޤުރްއާނުގައިވާ އެއްވެސް ކަމެއް ދޮގުނުކުރެވޭކަމެވެ. ފެނި ޘާބިތުވާ ޙަޤީޤަތްތައް އިތުރުވަމުން އަންނަކަމެވެ. ސައިންސް ކުރިއަރާވަރަކަށް ކީރިތި ޤުރްއާނުގެ ތެދުކަމާއި ޞައްޙަކަން ޔަޤީންވަމުން އަންނަކަމެވެ. 

މިޘާލަކަށް އިންސާނާ ޚަލްޤް ކުރެއްވެވުމަށްބަލާށެވެ! އެކަން ހިނގާ ހުރިހާ މަރުޙަލާތަކެއް ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ. އެޒަމާނަކީ ބަނޑުގެ އެތެރެ ބަލައިލެވޭނެ އެއްވެސް ގޮތެއް ނުވަތަ ވަސީލަތެއް ލިބިފައި އޮތް ޒަމާނެއް ނޫނެވެ.  

· އިންސާނުން ޚަލްޤުކުރެއްވުމުގެ ވާހަކަ:  

މުއުމިނޫން ސޫރަތުގެ 12 ވަނަ އާޔަތުން 14 ވަނަ އާޔަތައް ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ ﴿١٢﴾‏ ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ ﴿١٣﴾‏ ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ ﴿١٤﴾‏

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މަށީގެ خلاصة އިން އިންސާނާ (އެބަހީ: آدم ގެފާނު) ހެއްދެވީމެވެ. (12) ދެން ތިމަންރަސްކަލާނގެ އެ އިންސާނާ، ރައްކާތެރިތަނެއްގައި، މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ. (13) ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެންއުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެފުރިހަމައަށް ތަކެތި ހައްދަވާ اللَّه، މަތިވެރިވެވޮޑިގެންވެއެވެ. (14)  

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 23 އަދި 24 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَإِن كُنتُمْ فِي رَيْبٍ مِّمَّا نَزَّلْنَا عَلَىٰ عَبْدِنَا فَأْتُوا بِسُورَةٍ مِّن مِّثْلِهِ وَادْعُوا شُهَدَاءَكُم مِّن دُونِ اللَّهِ إِن كُنتُمْ صَادِقِينَ ﴿٢٣﴾‏ فَإِن لَّمْ تَفْعَلُوا وَلَن تَفْعَلُوا فَاتَّقُوا النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ ۖ أُعِدَّتْ لِلْكَافِرِينَ ﴿٢٤﴾

މާނައި: "ތިމަންރަސްކަލާނގެ އަޅާއަށް (އެބަހީ: محمد ގެފާނަށް) ތިމަންރަސްކަލާނގެ ބާވައިލެއްވި އެއްޗަކާމެދު (އެބަހީ: قرآن އާމެދު) ތިޔަބައިމީހުން شك ކަމެއްގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން އޭގައިވާފަދަ سورة އެއް ނިކަން ގެނެސްބަލާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިން ކަމުގައި ވަނީނަމަ، اللَّه ފިޔަވައި ތިޔަބައިމީހުންނަށް نصر ދޭނޭ އެހީތެރިން (ތިބިނަމަ، އެއުރެން) ނަށް ނިކަން ގޮވައި، ގެނެސްބަލާށެވެ! (23) ފަހެ، ތިޔަބައިމީހުންނަށް އެކަން ނުކުރެވުނުނަމަ - އަދި ތިޔަބައިމީހުންނަކަށް ހަމަ ހިލާ އެކަންތަކެއް ނުމެ ކުރެވޭނެއެވެ. - (އެކަން ނުކުރެވުނުނަމަ) ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ. (24)"

 

 

 

މިއަދު އޮންލައިން