ލިބޭ ބައިވެރިންގެ މައްސަލަ މިހާބޮޑުވަމުން އަންނައިރު ތިމާގެ އަންހެން ދަރިފުޅަށް ރަނގަޅު ބައިވެރިއަކު ހޯދައިދޭން ބޭނުންނަމަ ސަމާލުކަންދޭންވީ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ލިބޭ ބައިވެރިންގެ މައްސަލަ މިހާބޮޑުވަމުން އަންނައިރު ތިމާގެ އަންހެން ދަރިފުޅަށް ރަނގަޅު ބައިވެރިއަކު ހޯދައިދޭން ބޭނުންނަމަ ސަމާލުކަންދޭންވީ ކަންކަން-

"އަހުރެންގެ ކައިވެނި ދެމިއޮތަސް ދިރިއުޅެމުން މިއަންނަނީ ވަރަށް ހިތްދަތި ޙާލުގައެވެ. މިއީވެސް ދެވަނަ ކައިވެންޏެވެ. އަހުރެންނަށް ކުރަންޖެހުނު ހިތި ތަޖުރިބާތައް ކުރަން ދަރިފުޅަށް ޖެހޭކަށް އެއްގޮތަކަށްވެސް ނޭދެމެވެ. އެހެންވެ ސުވާލުކޮށްލަން ބޭނުންވަނީ އަންހެންދަރިފުޅުގެ ކައިވެނިކުރަން ރަނގަޅު ފިރިއަކު ލިބޭނެ ގޮތަކާއިމެދުގައެވެ."

ކިޔުންތެރިޔާއަށް ބުނެލަންޖެހޭ ފުރަތަމަ ބަހަކީވެސް ފުރަތަމަ ކަމަކަށްވެސް މައިންބަފައިންގެ ދިރިއުޅުން ރިވެތިކޮށް އަންހެން ދަރިފުޅަށް ނަމޫނާ ދައްކާށެވެ. އަދި އެރިވެތިކަން ދަރިފުޅާއި ކައިވެނިކުރަން އުޅޭ މީހާއަށްވެސް ދައްކާށެވެ.

ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކަށް ޢަމަލުކުރަން އޮތީ ވަކި ޒަމާނެއްގައެއް ނޫނެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކުއެވެ.

ޢިލްމުވެރިން ބަޔާންކުރައވާ ގޮތުގައި މާޒީ ބަލައި ފަސްކޮނުމުގެ ބޭނުމެއް ނެތެވެ. އޭނާގެ މިހާރުގެ ދިރިއުޅުމަށް ބަލާށެވެ. ތައުބާވެގެންހުރިނަމަ މާޒީއަށް ބެލުމެއް ނެތެވެ. އެންމެ މުހިންމީ މިހާރު އުޅެމުން އަނަން ގޮތެވެ. މިބުނަނީ ރިވެތި އަޚްލާޤްގެ މަތީގައި ދިރިއުޅޭކަން ޔަޤީންކުރުމެވެ.

ދެވަނަ ކަމަކަށް ބަލަން އޮތީ އޭނާއަކީ ދިރިއުޅެން މަސައްކަތްކުރާ މީހަކު ކަމެވެ.

ތިންވަނަކަމެއްގެ ގޮތުން ފުރަތަމަ ކަމެއްގެ ގޮތުން ފާހަގަމިކުރި ފަދައިން މައިންބަފައިންނަކީ ރިވެތި އަޚްލާޤްގެ މަތީގައި ދިރިއުޅޭ ތަޤްވާވެރިންކަމުގައިވެތިބެ ދަރިފުޅަށްޓަކައި ހެޔޮދުޢާކުރަމުން ގެންދާށެވެ.

4 ވަނަ އެކަމަކު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަލައިގެން ދަރިފުޅު ޢިއްފަތްތެރިކަމާއިއެކު ފިރިމިހާއާއި ޙަވާލުކުރެވޭތޯ މަސައްކަތްކުރާށެވެ!

މައިންބަފައިން ނުވަތަ ދެމަފިރިންކުރެ އެކަކު ނަމަވެސް ޒިނޭކުރާނަމަ ނުވަތަ ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ އެހެން ކަންކަންވެސް ކުރާނަމަ އެކަމުގެ އަސަރު ދަރިންގެ މުޅި ޙަޔާތަށްވެސް ކުރެއެވެ. ވީމާ ދަރިންނަށް ހެޔޮލަފާ ބައިވެރިއަކު ހޯދައިދިނުމަށް ނުވަތަ ލިބުމަށް އެދޭނަމަ ފުރަތަމަ ކަމަކަށްވެސް މައިންބަފައިންނަކީ ހެޔޮލަފާ މީހުން ކަމުގައިވާށެވެ. އިން ޝާ ﷲ ކާމިޔާބުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން