އަޅުގަނޑުގެ ޒުވާން ޢުމުރުގައި ލޯބިވެރިއަކު ގެންގުޅުނީމެވެ. އެއިރު ކަންކަން ނުވިސްނޭތީ އޭނާ ބުނިހާ ކަމެއް ކުރެވުނެވެ. އެއީ އޭނާ އުފަލުގައި ބެހެއްޓީމާ ކައިވެނިކުރާނެ ކަމުގެ އުންމީދުގައެވެ. އެކަމުން ލިބިދާނެ ބޮޑު ދެރައާއި ވެދާނެ ފަޟީޙްތަ ނުވިސްނޭތީއެވެ.
އެކަމުގެ ހިތާމަ މިވަނީ ޢުމުރަށް ކުރަންޖެހިފައެވެ. އަޅުގަނޑު ބަލިވެއިނީއެވެ. ދަރިފުޅު ވައްޓާލުމުގެ ބަދަލުގައި ވިހެއީއެވެ. ވީމާ އަޅުގަނޑުގެ ފުރަތަމަ ދަރިފުޅަކީ ޒިނޭގެ ދަރިއަކަށްވުމުގެ ހުތުރު ލައްފަނޑު އަޅުގަނޑުގެ ޙަޔާތުގައިވަނީ ޖެހިފައެވެ. އެކަމަށް ދެރައެއް ނުވަމެވެ. އަޅުގަނޑު އެހިށާބުން ތައުބާވެ އެއިގެ ފަހުން ދުވަހަކުވެސް އެފަދަ ފާފައެއް ނުކުރަމެވެ.
މިހާރު ދިމާވާ ކަމަކީ އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން މިހާރުވެސް އަޅުގަނޑަށް އެކަން ހަނދާންކޮށްދެއެވެ. ވަރަށް ދެރަވެއެވެ. އެކަމަކު އެއިގެ ތެރެއިން ބައެއް މީހުންނަކީ މިހާރުވެސް ޒިނޭކުރާ މީހުންނެވެ. ކައިވެނިކޮށްގެން ތިބެ ލޯބިވެރިން ގެންގުޅޭ މީހުންވެސް އެބަތިއްބެވެ. އަޅުގަނޑުގެ ސުވާލަކީ ޒިނޭގެ ދަރިއަކު ނުލިބޭނަމަ ނުވަތަ ފަޅާއަރައި ފަޟީޙަތް ނުވާނަމަ އެމީހަކު ޒިނޭކުރިކަމަށް ނުވަނީތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ކޮންމެ މީހަކު ނަމަވެސް ކުރާ ހުރިހާ ޢަމަލުތަކެއް މަލާއިކަތުން އެމީހެއްގެ ފަތުގައި ލިޔުއްވަވައެވެ. ވީމާ ކުރި އެއްވެސް ކަމެއް ނުކުރާކަމަކަށް ނުހެދޭނެއެވެ. ފަޟީޙްތަވުމާއި ނުވުމަކީ ތަފާތުކަމެކެވެ. އަދި ބައެއް މީހުން ފަޟީޙަތް ކުރައްވަވަނީވެސް އެމީހަކަށް ރަނގަޅަކަށެވެ. ސަބަބަކީ އެކަމުގެ ސަބަބުން ތައުބާވެ ރަނގަޅު ގޮތުގައި އުޅެން މަގުފަހިވެއެވެ. އެއީ ނަޞީބެއް ކަމަށް ޢިލްމްވެރިން ބަޔާން ކުރައްވައެވެ. ވީމާ ތިބާއަކީ ވަރަށް ބޮޑު ނަބީބުވެރިއެކެވެ. މީހުން ދައްކާ ވާހަކައަށް ދެރަނުވާށެވެ. އެކަމުގެ ސަބަބުން ދާނީ ތިބާއަށް ޘަވާބު އިތުރުވަމުންނެވެ. އިން ޝާ ﷲ
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
މިހާރަކަށް އައިސް ގިނަ މީހުންނަށް ކްންބޮޑުވެވެނީ އަނެކާ އާއިމެދުގައެވެ. އަނެކާގެ ޢިއްފަތްތެރިކަމާއިމެދުގައެވެ. ތިމާގެ ޙާލާއިމެދު ކަންބޮޑު ނުވޭތަނުގައި ވިސްނައެއްވެސް ނުލެވެއެވެ.
ސްކޫލް އިރުންސުރެ އުޅެވުނީ މީހަކު ދެކެ ލޯބިވެވިގެންނެވެ. ކިޔަވައި ނިމި ވަޒީފާލިބި ކައިވެނިކުރާ ހިސާބަށް ދިއަތަނާ އަޅުގަނޑުގެ ތިމާގެ ކުއްޖަކާއި އަޅުގަނޑާއި އަޅުވައި ކިޔާފައި އަޅުގަނޑާއި ވަކިވެއްޖެއެވެ. ވަކިވިތާ ހަފްތާއެއްވެސް ނުވަނީސް ކައިވެނިވެސް ކޮށްފިއެވެ.
އެކަމަކު އެއީ ދުވަހަކުވެސް އަޅުގަނޑު ގާތު ހަޑި ވާހަކައެއްވެސް ދެއްކި ބޭބެއެއް ނޫނެވެ. ބޮޑު ދައިތަގެ ދަރިއެކެވެ.
އޭނާ އަޅުގަނޑާއި ވަކިވިފަހުން އެނގުނު ގޮތުގައި އަޅުގަނޑުދެކެ ލޯބިވެގެން އުޅުނުއިރުވެސް ބައިވަރު ކުދިން ދެކެ އޭނާ އުޅުނީ ލޯބިވެގެންނެވެ. އަޅުގަނޑުގެ ހިތަށް އަރަނީ އެހައި ބޮޑަށް ކަންކަން އޮޅުވާލަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑަށް އެދިން ފަދަ އަނިޔާދޭން ޖެހިލުން ނުވަނީ ކީއްވެގެންތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތެދުވެރިން ވަރަށް މަދުވެއްޖެއެވެ. ތެދުވެރިނަމަ އޮތީ ދެމީހުން ލޯބިވުމަށްފަހު އަވަހަށް ކައިވެނިކުރުމެވެ. ހަމައެއާއިއެކު ތިމާގެ ކުށް ފޮރުވަން އަނެކާގެ ބޮލުގައި ދޮގުއިލްޒާމް އެޅުވުންވެސް އަންނަނީ ގިނަވަމުންނެވެ. މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލަކީވެސް ކައިވެނިކުރުން އަވަސްކުރުމެވެ.
ދެން ބުނެލަން ބޭނުންވަނީ ކިޔުންތެރިޔާ ދެރަވާންވީއެއް ނޫނެވެ. އުފާކުރަންވީއެވެ. އެއީ އެބާވަތުގެ ދޯދިޔާ މަކަރުވެރިއެއްގެ ކިބައިން ސަލާމަތްވެވުނީތީއެވެ. ދެންވެސް މީހަކާއި ގުޅި އަވަހަށް ކައިވެނިކުރަން މަސައްކަތްކުރާށެވެ! އަވަހަށް ކައިވެނިކުރަން ބޭނުންނުވާ މީހަކަށް ހިތް ނުދޭށެވެ.
ތިރީގައި އެވަނީ ތިއަބާވަތުގެ މައްސަލަތަކަށް ވަރަށް ޢިބްރަތްތެރި ޙާދިސާއެއްގެ ވާހަކައެކެވެ.
މިއީ ޒީރޯ ޓޮލަރަންސްގެ މެންދުރު ޚަބަރު. މިގަޑީގެ އެންމެ މުހިންމު ޚަބަރުތަކުގެ ތެރޭގަ ހިމްނޭ އެއްކަބަރަކީ ކައިވެނިކުރުމުގެ ހަފްލާއެއްގަ އަނބިމީހާގެ ޢިއްފަތްތެރިކަން ނެތްކަން ޤަބޫލުކުރެވި، އެކަމަށް ޝައްކުކޮށް ކައިވެނި ކުރުން ހުއްޓާލަން އުޅުނު މީހެއްގެ ނަހަލާލް 2 ދަރިން ތިބިކަން ފަޅާއެރުމުން ވަގުތުން ފަސްގަނޑުދަށަށް ދިއަ ޚަބަރު.
މިކަން ހިނގާފައިވަނީ ރޭ ލަންޑަންގައި ކުރަން އުޅުނު މިކައިވެނި ކުރުމުގެ ރަސްމިއްޔާތަށް ދެފަރާތުގެ ޢާއިލާގެ މީހުންނާއި ރައްޓެހިންވެސް އެއްވެ ކައިވެނިކޮށްދޭ މީހުންވެސް ހާޒިރުވިފަހުންނެވެ. ފިރިހެން މީހާ، ޙުސައިނަށް ކުއްލިއަކަށް ލިބެނީ ފޯނުކާލެކެވެ.
ފޯނަށް ޖަވާބުދިނުމަށްފަހު ޙުސައިން ބުނީ އޭނާ ޔަޤީންކޮށްގެން ހުރީ ކައިވެނިކުރެވޭ ފަރީދާއަކީ އިއްފަތްތެރިއެއް ކަމަށެވެ. ނަމަވެސް އޭނާއަކީ ޢިއްފަތްތެރިއެއް ނޫންކަން އެނގިއްޖެކަމަށާއި އެހެންވެ ކައިވެނިކުރަން ބޭނުން ނޫންކަމަށެވެ.
ހުސައިން އެހެން ބުނުމުން އެއިރު އެތަނުގައި ހުރި ދެމީހުންގެވެސް އެކުވެރިއަކު ބުނީ ފަރީދާއަކީ ޢިއްފަތްތެރިއެއްކަން އޭނާއަށް ޔަޤީންކުރެވޭ ކަމަށާއި ތިއަކުރީ ވަރަށް ނުބައި ތުހުމަތެއް ކަމަށެވެ. ތައުބާވާންޖެހޭނެ ބޮޑު ފާފައެއް ކަމަށެވެ.
އެކުވެރިޔާ ފަރީދާ ދިފާޢުކުރުމުން އައި ރުޅީގައި އެކުވެރިޔާއަށް ނުބައި ބަސްތަކެއް ޙުސައިން ބުނުމުން އެކުވެރިޔާ ދެއްކި ވާހަކައިން އެންމެންނަށް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އެކުވެރިޔާ ސާބިތުކޮށްދިނީ ޙުސައިން ކުރިން ހިތާވެގެން އުޅުނު ކުދިންގ ތެރެއިން 2 ކުއްޖަކު އޭނާއަށް ކައިވެނީގެ ބޭރުން ވިހާފައިވާކަމެވެ. އެ 2 އަންހެންކުދިންގެ ނަމާއި ހުރިހާ ތަފްޞީލްތަކެއްވެސް ކިޔައިދިނެވެ.
ދެން ފެނުނީ ކުއްލިއަކަށް ޙުސައިން ބިންމައްޗަށް ވެއްޓުނުތަނެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ވަނީ މަރުވެފައެވެ. ޑޮކްޓަރުން ބުނީ ހާޓް އެޓޭކެއް ޖެހުނީކަމަށެވެ.
މިހާދިސާ އާއިގުޅިގެން ޒީރޯ ޓޮލަރަންސްގެ ނިޔުސްކުރޫން ޙުސައިނަށް ފޯނުކުރި މީހާ އާއި ވަނީ ބައްދަލުކޮށްފައެވެ. އޭނާ ބުނީ އޭނާއަކީވެސް ފަރީދާ އާއި ޙުސައިންގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށެވެ. އަދި ކުރިން ފަރީދާ އާއި ވަރަށް ގާތް ލޯބީގެ ގުޅުމެއް އޮތް ކަމަށެވެ. އޭނާގެ ވާހަކަ އަޑުއައްސަވާލައްވާ!
"އަހަރެން ހުސައިން ގާތު ބުނިން ކައިވެނީގެ ޙަފްލާއަށް ނުދެވުނީ ވަރަށް ދުރު ސިޓީއެއްގަ ހުންނަން ޖެހުމުންނޭ. މާފުކުރާށޭ! ފަރީދާއަކީ އަހަރެންނަށް ވަރަށް ރަނގަޅަށް ޙަޤީޤަތް އެނގޭ އަންހެނެކޭ. މިޒަމާނުގެ ނުވެސްލިބޭނެފަދަ ރަނގަޅު އަންބަކަށްވާނެއޭ. އިން ޝާ ﷲ
އެހެން ބުނީމާ ކުރިން ފަރީދާ އާ އަހަރެންނާ އެއްވެސް ގުޅުމެއް އޮތްތޯ ސުވާލުކުރުމުން ބުނިން ލޯބިވެގެން އުޅުނީމޭ ނަމަވެސް ކަންކަން މެދުވެރިވިގޮތުން ކައިވެންޏަކާއި ހަމައަށް ނުދެވުނީއޭ. އެ ނަޞީބު ތިއަ ލިބުނީ ޙުސައިނަށޭ. އެހިސާބުން ޙުސައިން ފޯނުކަނޑާލީ. އަހަރެން ހުސެން ގާތު އެހެން ބުނީ އޭނާ އެސުވާލުކުރުމުން ދޮގުހެދިނަމަ ފަހުން އެކަން އެނގޭދުވަހެއް އަތުވެއްޖެނަމަ ކުރިމަތިވާނެ މައްސަލަތައް ބޮޑުވާނެތީ. އަހަރެމެން ދެމީހުން ލޯބިވެގެން އުޅުނު އަހަރެއްހައި ދުވަހުގެ ތެރޭގައި ދެމީހުންގެވެސް އަތްތިލައިގަ ނޫން އެއްވެސް ތަނެއްގައި އެންމެ ކުޑަމިނުން އިނގިލިކުރިވެސް ޖައްސާލާފައެއް ނޯންނާނެ! ދެތުންފަތްވެސް ޖެހިފައެއް ނުވާނެ!
ޙުސައިން އެކުރީ ވަރަށް ނުބައިކަންބޮޑު ތުހުމަތެއް. ޙުސައިންއަށް ކަންކަން ދިމާވިގޮތާއިމެދު ވަރަށް ބޮޑަށް ހިތާމަކުރަން!"
ބައިވެރިޔާއަކީ ޢިއްފަތްތެރިއަކަށްވާން އެދޭއިރު ތިމާއަކީ ޢިއްފަތްތެރިއަކަށްވުން މާމުހިންމު ނޫންތޯ؟
--ނީޒާ- ޒީރޯ ޓޮލަންސް ނިޔުސް