ަނަވަސްކަން ދެއްވަވަނީ ސުވަރުގޭގެ މަތިވެރި ދަރަޖަތަކަށް އަރަން ނަމަވެސް ގިނަބއަކަށް ސިޑީން އެރުމުގެ ބަދަލުގައި ވެއޓެވެނީ ސިޑިބުޑަށެވެ. ވީމާ ދެއްވެވި ތަނަވަސްކަން ކުށްވެރިނުކުރާށެވެ. ކަންކަން ރަނގަޅުކޮށްލައި ސިޑިން މައްޗަށް އަރަން މަސައްކަތްކުރާށެވެ! މިބުނެދެނީ ވިސްނަންހުރި ކަންކަމެވެ. އިން ޝާ ﷲ
ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ދުނިޔޭގައި އުފާވެރި ދިރިއުޅުމެއް ޚާއްޞަކޮށް ތަނަވަސްކަމުގައި އުޅެފިނަމަ ޤިޔާމަތް ދުވަހުން ދެއްވަވާ ނިޢުމަތްތައް މަދުވެދާނެ ކަމަށެވެ. ނަމަވެސް މިއީ އެކަން އޮތް ގޮތެއް ނޫނެވެ.
ދުނިޔޭގައި ތަނަވަސްކަން ދެއްވަވައިފިނަމަ އެއީ ޤިޔާމަތް ދުވަހު އިތުރު ތަނަވަސްކަން ލިބިގަންނަންވެސް ފަހިވެގެންދާ ފުރުޞަތެކެވެ. އެކަން އެގޮތަށް މެދުވެރިވާނީ ތަނަވަސްކަން ދެއްވެވުމުން ދަހިވެތި ނުވެ ﷲ ތަޢާލާގެ މަގުގައި ހޭދަކުރަމުން ތިމާވެސް ތަނަވަސްކަމުގައި ދިރިއުޅުމުންނެވެ. މައްސަލައަކަށްވާނީ ﷲ ތަޢާލާގެ މަގުގައި ހޭދަނުކޮށް ތިމާ ތަނަވަސްކަމުގައި އުޅެފިނަމައެވެ.
ވީމާ ތަނަވަސްކަން ދެއްވެވުމުން ފުރަތަމަ ކަމަކަށް އޮތީ ޝުކުރުވެރިވެ ﷲ ތަޢާލާގެ މަގުގައި ހޭދަކުރުމެވެ. ޞަދަޤާތްކުރުމެވެ. ޒަކާތްދިނުމެވެ. މުޖުތަމަޢުއަށް ފައިޑާކުރާނެ ކަންކަން ކުރުމެވެ. ދަތިޙާލުގައިވާ މީހުންނަށް އެހީތެރިވުމެވެ. އެކަންކަން ކުރަމުން އިޝްރާފުކުރުމެއް ނެތި ތިމާވެސް ތަނަވަސްކަމުގައި އުޅުމަކީ މައްސަލައެއް ނޫނެވެ.
މިޘާލެއްވެސް ބުނެލާނެއެވެ. މިބުނި މަގުން ޢަމަލުކުރާމީހާގެ ކިބައިގައި ތަނަވަސްކަން ހުރިނަމަ ކިތަންމެ އަގުބޮޑު ކާރެއް ގަތުމަކީވެސް މައްސަލައެއް ނޫނެވެ. ކިތަންމެ އަގުބޮޑު ފޭރާންލުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ބޭނުން ނުވާވަރަށް ކާރުތަކާއި ފޭރާން ގަނެ ޖަމާކުރާނަމަ އެކަންކަން ވާނީ ކުރެވޭ އިޝްރާފަކަށެވެ.
ވީމާ ތަނަވަސްކަން ދެއްވަވާ މިންވަރަކުން ދުނިޔޭގައިވެސް އުފަލުގައި އުޅޭށެވެ. ދުނިޔޭގެ އުފަލުގެ ކުރިއަށް އާޚިރަތް ކާމިޔާބުކުރަން މިބަޔާންކުރި މަގުން ޢަމަލުކުރުމުން އެމީހަކަށް އެހުރެވެނީ ރަނގަޅު ގޮތުގައެވެ. އިން ޝާ ﷲ
--މަޢުލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން