ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 45 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ ﴿٤٥﴾
މާނައީ: "އަދި ކެތްތެރިކަމާއި ނަމާދުން ތިޔަބައިމީހުން ވާގިހޯދާށެވެ! ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.) (45)"
ފަރުޟް ފަސްނަމާދަށް ރައްކައުތެރިވެ ނަމާދުކުރުމުން ހިތްވަރު ލިބިނުގަނެވޭ ސަބަބު މިއޮތީއެވެ. " ބިރުވެތިވެ މަޑުމައިތިރިވާ މީހުންނަށް މެނުވީ، ހަމަކަށަވަރުން، އެއީ ވަރަށް ބޮޑުކަމެކެވެ. (އެބަހީ: ދަތި އުނދަގޫ ކަމެކެވެ.)" ވީމާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ބިރުވެތިވާށެވެ! އެއިރުން ނަމާދުކުރަން ހިތްވަރުލިބޭނެއެވެ. ނަމާދަށް ހުއްޓުމަށްފަހު ﷲ އަށް ބިރުވެތިކަން އިތުރުކުރާށެވެ! އެއިރުން މަޑުމަތިރިވެވޭނެއެވެ. އިން ޝާ ﷲ
ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 21 ވަނަ އާޔަތުގައި ވަޙި ކުރައްވާފައިވެއެވެ.
يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ ﴿٢١﴾
މާނައީ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުން ހެއްދެވި ރަސްކަލާނގެއެވެ. (އަޅުކަންކުރަންވީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ. (21)"