އަހުރެމެންގެ ތެރެއިން ގިނަ ބައަކު އެހެން މީހުންގެ ގާތުގައި ހެޔޮ ޢަމަލުތައްކުރަން ބުނެއެވެ. ނަމަވެސް ތިމާއަމިއްލައަށް ހެޔޮޢަމަލުތައް ކުރަނީ މަދު މީހެކެވެ. އަދި ކުރާ މަދުމީހުންގެ ެތެރެއިންވެސް ކުރަންޖެހޭ ވަރާއި ގާތަކަށް ކުރަނީ މާމަދު ބައެކެވެ.
އެހެން މީހުންނަށް ހެޔޮ ކަންކަަމަށް އަމުރުކުރުމާއިއެކު ތިމާ އަމިއްލައަށްވެސް ހެޔޮ ކަންކަން ކުރަންޖެހޭނެކަން ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.
ﷲ ތަޢާލާ ބަަޤަރާ ސޫރަތުގެ 44 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވަނީ މިފަދައިންނެވެ.
أَتَأْمُرُونَ النَّاسَ بِالْبِرِّ وَتَنسَوْنَ أَنفُسَكُمْ وَأَنتُمْ تَتْلُونَ الْكِتَابَ ۚ أَفَلَا تَعْقِلُونَ ﴿٤٤﴾
މާނައީ: "ތިޔަބައިމީހުން ފޮތް ކިޔަވަކިޔަވައި ތިބޭ حال ގައި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކުގެމަތިން ހަނދާން ނައްތާލައި، މީސްތަކުންނަށް ހެޔޮކަންތަކަށް أمر ކުރަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ (44)"
އިސްލާމް ދީނަކީ ނަޞީހަތުގެ ދީނެވެ އޮންނަ ަބސްފުޅުގެ މާނައަކީ ހަމައެކަނި ނަޞީޙަތްދިނުމެއް ނޫނެވެ. ފުރަތަމަ ކަމަކަށް އޮތީ ތިމާ އެކަންކަމަށް ޢަމަލުކުރުމެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ނަމޫނާ ދެއްކެވީ އެގޮތަށެވެ. ވީމާ ސުންނަތުގައި އޮތްގޮތަކީވެސް ހަަމައެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން