ތިބާގެ ޙިޖާބް ބަހައްޓަނީ އެންމެ ކުޑަމިނުން މިމިންވަރަށް ހެއްޔެވެ؟ ނޫންނަމަ އަވަހަށް އިޞްލާޙްކޮށްލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ތިބާގެ ޙިޖާބް ބަހައްޓަނީ އެންމެ ކުޑަމިނުން މިމިންވަރަށް ހެއްޔެވެ؟ ނޫންނަމަ އަވަހަށް އިޞްލާޙްކޮށްލާށެވެ!

ޙިޖާބްގެ ޝަރުޠުތަކާއިބެހޭގޮތުން ގިނަބައަކު ސުވާލުކުރާތީ އެންމެ ކުޑަ މިންވަރު ބުނެލާނަމެވެ.  

ފުރަތަމަ ކަމަކަށް ފޭރާމަކީ ގައަށް ދޫ ފޭރާމަކަށްވާންޖެހޭނެއެވެ. ބާރުވެ ހަށިގަނޑުގެ ވަނާތައް އެނގޭނަމަ އެއީ ޙިޖާބަކަށް ނުވާނެއެވެ.  

ދެވަނަ ކަމަކަށް ކާފިރުން ލައިއުޅޭފަދަ ފޭރާމަކަށްވެގެން ނުވާނެއެވެ. (މާނައަކީ ހެދުމުގައި އިސްލާމީވަންތަކަން ހުންނަން ޖެހޭނެއެވެ.  

ތިންވަނަކަމަކަށް އެއީ ފިރިހެނުން ލައިއުޅޭފަދަ ފޭރާމަކަށް ވެގެން ނުވާނެއެވެ. މާނައަކީ ފިރިހެނުން ހެދުން އަޅާގޮތަށް ހެދުންލައިގެން ނުވާނެއެވެ.  

ހަތަރުވަނަ ކަމަކަށް ހުވަނދުލައި ފޭރާމުން ހިލޭ ފިރިހެނުންނަށް މީރުވަސް ދުއްވައިގެން ނުވާނެއެވެ.  

ފަސްބަނަ ކަމަކަށް ހަށިގަނޑުގެ އެއްވެސް ބައެއް ފެންނަ ފަދަ ތުނި ފޭރާމަކަށްވެގެން ނުވާނެއެވެ.  

ހަވަނަ ކަމަކަށް އަންހެނާގެ މުޅިހަށިގަނޑު ނިވާކުރެވެން ޖެހޭނެއެވެ.  

ހަތްވަނަ ކަމަކަށް އެހެން މީހުންގެ ސަމާލުކަން ލިބޭނެ ފަދަ ހެދުމަކަށްވެގެން ނުވާނެއެވެ. އަދި ހެދުން ލާންވީ މީހާގެ ރީތިކަން ދެއްކުމަކަށް ނޫނެވެ. ހެދުންލާންވީ ﷲ ތަޢާލާ އަންގަވާފައިވާ މިންގަނޑަށް ނިވާވުމަށެވެ.  

އަހުރެން ޤަބޫލުކުރާ ގޮތުގައި ޙިޖާބް ފުރިހަމަވާނީ އެންމެ ކުޑަމިނުން މި ޝަރުޠުތައް ހަމަވެގެންނެވެ. މިއީ ޤުރްއާނާއި ސުންނަތުން އެކަން އަހުރެންނަށް އެނގެން އޮތް މިންވަރެވެ. ވީމާ އަހުރެން މިބަޔާންކުރި އެއްވެސް ކަމެއް އުނިކޮށްގެން ޙިޖާބް ފުރިހަމަވާނެކަމަކަށް ބުނެވޭކަށް އަހުރެންނަކަށް ނެތެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން