60 އަހަރުވީއިރުވެސް 40 އަހަރުގެ ގޮތުގަ ފެންނަ އަންހެނެއްގެ ސިއްރުތައް އޭނާގެ ދުލުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
60 އަހަރުވީއިރުވެސް 40 އަހަރުގެ ގޮތުގަ ފެންނަ އަންހެނެއްގެ ސިއްރުތައް އޭނާގެ ދުލުން-

އޭނާއަކީ ފަރަންސޭސިވިލާތަށް ނިޞްބަތްވާ އަންހެނެކެވެ. ވަޒިފާއަދާކުރަނީ ދުބާއީގައެވެ. އޭނާގެ ޢުމުރަކީ 60 އަހަރެވެ. ނަމަވެސް ފެންނަ ފެނުމުގައި އޭނާއަކީ 40 އަހަރުގެ އަންހެނެކެވެ. މާނައަކީ ފެންނަނީ އެހައި ޒުވާން އަންހެނެއްގެ ގޮތުގައެވެ.  

ދުބާއީގެ ިރިހެނަކާ ކައިވެނިކޮށްގެން އުޅޭ މިއަންހެންމީހާ ބުނާ ގޮތުގައި އޭނާ ދުވަހަކުވެސް، މުޅި ޢުމުރުގައިވެސް ފިރިމީހާގެ އިތުރުން އެއްވެސް މީހަކާއި އެއްވެސް ބާވަތެއްގެ ޖިންސީގުޅުމެއް ނުހިންގައެވެ.

--ބޭކާރު ކަންކަމަށް ފިކުރެއް ނުކުރެއެވެ. އެހެން މީހުންގެ ދިރިއުޅުމުގެ ކަންކަމަށް ސަމާލުކަމެއް ނުދެއެވެ. ދެކެނީ އެއީ ސިކުނޑިއަށް ޖެއްސޭ ބުރައެއްގެ ގޮތުގައެވެ.

--އަވަހަށް ނިދައި އަވަހަށް ހޭލައެވެ.

--ކައިއުޅެނީ ރޯ (ކައްކައިގެންކާ) ތަކެއްޗެވެ. އިތުރަށް މޭވާއާއި ފަތެވެ.

--ދުވަހަކުވެސް އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ބޭނުމެއް ނުކުރެއެވެ.

--ކަސްރަތުކުރަން ކޮންމެ ދުވަހަކުވެސް ދެއިރު 30 މިނިޓް ހޭދަކުރެއެވެ.  

އޭނާ ސޯޝަލްމީޑިއާގައި ބުނެފައިވަނީ އޭނާ އެހައި ޒުވާންކޮށް ފެންނާތީ ގިނަ ބައަކު އެކަމުގެ ސިއްރުހޯދަން ސުވާލުކުރާކަމަށެވެ. އެހެންކަމުން އޭނާގެ ދިރިއުޅުމުގެ ކަންކަން ބަހައްޓާގޮތް އެންމެންނަށްވެސް ބުނެލައިދިނީކަމަށެވެ.  

"މިއީ ސަބަބުތައް ކަމަށް ބުނަނީއެއް ނޫނެވެ. އެއްވެސް ކަމެއް ނުކުރިޔަސް ޢުމުރަށްވުރެ ހަގުކޮށް ފެންނަ މީހުން ތިބެއެވެ. އަހުރެންނަށް ބުނެވެން އޮތީ އަހުރެންގެ އެކުވެރިންގެ ތެރެއިން މިއާދަތަކަށް ސަމާލުކަންދޭ މީހުންގެ ކިބައިން ތަފާތުފެންނަކަމަށެވެ." އޭނާ ބުނެފައިވެއެވެ.

މިއަދު އޮންލައިން