ތިމާގެ ކައްވަޅަކީ ސުވަރުގޭގެ މީރުވަސް ފޯރާނެ ތަނަކަށް ހެދިއްޖެނަމަ އެމީހަކަށް އެވަނީ ސުވަރުގެ ކާމިޔާބުކުރެވިފަ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ތިމާގެ ކައްވަޅަކީ ސުވަރުގޭގެ މީރުވަސް ފޯރާނެ ތަނަކަށް ހެދިއްޖެނަމަ އެމީހަކަށް އެވަނީ ސުވަރުގެ ކާމިޔާބުކުރެވިފަ! އިން ޝާ ﷲ

ަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ސުވަރުގޭގެ މީރުވަސް 500 އަހަރު ދުރަށް ދުވާނެ ކަމަށެވެ. ރަސޫލް (ﷺ) ހުވަނދަށް ނުވަތަ އަތަރަށް ލޯބިކުރެއްވެވިވަރީ ދުވަހަކުވެސް މީހަކު ހަދިޔާއަކަށް އެރުވި އަތަރެއް ޤަބޫލުފުޅު ނުކުރައްވަވައި އަނބުރައި ރައްދުކުރައްވަވާފައެއް ނުވެއެވެ.

ޞަހާބީންވެސް އަތަރަށް އިންތިހާއަށް ލޯބި ކުރެއްވެވިއެވެ. އަދި ފަހުގެ ދީނީ ޢީލްމުވެރިންވެސް މެއެވެ. ބައެއް ޢިލްމްވެރިންގެ ގައިކޮޅުން ދުވާ މީރުވަސް އެތައް ހިސާބު ދުރަކަށް ފެތުރިފައިހުރެއެވެ.

ވަހުގެ ހުރި މުހިންމުކަން ނިކަން ދެކެބަލާށެވެ! މަންމަގެ ބަނޑުގައި އޮންނަ ކުއްޖާއަށް ﷲ ތަޢާލާ ފުރަތަމަ ދެއްވަވާ ހިއްސަކީވެސް ވަސްގަތުމުގެ ކުޅަދާނަކަމެވެ. އެކުއްޖާއަށް ފުރަތަމަ ދުވާނީ މައިމީހާގެ ވަހެވެ.

ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ދުނިޔޭގައި އުޅުނު މީހުން މަރުވެ ކައްވަޅުގައި ވަޅުލެވޭއިރު ސުވަރުގޭގެ މީރުވަހުން ﷲ ތަޢާލާ އެ މީހާގެ ކައްވަޅު ޒީނަތްތެރިކޮށްދެއްވަވަތެވެ. މުސްލިމް އަޅާ މަރުވުމުން ފުރާނަ ނަންގަވައި މަލާއިކަތުން ލައްވަވަނީ ސުވަރުގޭގެ މީރުވަހުން ވަސްދުވާ ފޭރާމަކަށެވެ. އޭނާގެ ފުރާނަ ހިއްޕަވަން ފައިބާ ވަޑައިގަންނަވަނީ ސުވަރުގޭގެ ހުވަދާ ކަފުން ހިއްޕަވައިގެންނެވެ.

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން