މިއީ ބައްދަލުވެއްޖެނަމަ ސަމާލުކަންދޭން އިންޒާރު ދެއްވަވާފަ އޮތް ޒަމާން! އެމީހެއްގެ ސަލާމަތް ހޯދޭނީ އެމީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
މިއީ ބައްދަލުވެއްޖެނަމަ ސަމާލުކަންދޭން އިންޒާރު ދެއްވަވާފަ އޮތް ޒަމާން! އެމީހެއްގެ ސަލާމަތް ހޯދޭނީ އެމީހަކަށް!

"ތިމަން ރަސޫލާއަށްފަހު ޒަމާނެއް އަންނާނެއެވެ. އެ ޒަމާނުގައި އެމީހުންނަކީ ތިމަން ރަސޫލާގެ އުންމަތުގެ މީހުން ތެރެއިން ބައަކު އެމީހުންނަކީ މުސްލިމުން ކަމަށް ބުނަމުން އެމީހުން ނަމާދުކުރާނީ ރަނގަޅަކަށް (ކުރަންވީ ގޮތަކަށް) ނޫނެވެ...."

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިޙަދީޘްފުޅުގެ ވާހަކަ ވަރަށް ގިނަ ބައްދަލުވުންތަކުގައި ދައްކަމެވެ. ސަބަބަކީ މިޙަދީޘްފުޅުގައި ބަޔާންކުރައްވަވާފައިވާ ޒަމާން އަހަރެމެންނާއި ބައްދަލުކޮށްފައިވާތތަން ފެންނާތީއެވެ. މީސްތަކުންގެ ޢަމަލުތަކުން އެކަންކަން ފެންނާތީއެވެ.

ނަމާދު ކުރުމުގައި ފަރުވާކުޑަކޮށްލައި ނަމާދު ކުރަންވީ ގޮތަށް ނުކުރާނެ ކަމަށް ޙަދީޘްފުޅު ކުރައްވަވާފައިވާ ބަސްފުޅުގެ މާނައިގައި އެއްވެސް ފަރުވާލެއް ނުބަހައްޓައި އަވަސް އަރުވާލައި ކަމަކަށް ކަމެއް ކޮށްލުމުގެ އުޞޫލުން ނަމާދުކުރުން ހިމެނެއެވެ. އެހާލަތުގައި ބަންގި ގޮވާވަގުތު އަންހެންކުއްޖަކާއި ބައްދަލުކުރަން އޮތް ނަމަ ނުވަތަ ދުނިޔަވީ އެއްވެސް ފައިދާއެއް ލިބޭނެ ކަމެއް އެވަގުތު ކުރަން އޮތް ނަމަ ދޫކޮށްލާނީ ނަމާދެވެ. ކުރާނީ ދުނިޔަވީ ފައިދާ ލިބޭނެ ކަންކަމެވެ. ނަފްސް އެދޭ ކަންތައްތަކެވެ.

ދެން ނިކަން ބުނެބަލާށެވެ! ގިނަބައެއްގެ ޢަމަލުތައް މިހާރު ހުރީ މިފަދައިން ނޫންހެއްޔެވެ؟ އެންމެ ޢާންމު އެއްކަމެއްގެ ގޮތުން މިފެންނަނީ ކޮފީ މޭޒުތަކެވެ. ރައްޓެއްސަކާއިއެކު ކޮފީބޯން އިންދައި ބަންގިގޮވިނަމަވެސް ކޮފީބުއިން ހުއްޓާލާފައި ނަމާދުގެ ޖަމާއަތަށްދަނީ މަދުމީހަކު ނޫންހެއްޔެވެ؟

"..އުސް އިމާރާތްތައް ގިނަވެ ހުރިހާތަނަކުން ފެންނާނެއެވެ. މާތްﷲ ގަންދީ ހުވާކުރުން ގިނަވެގެންދާނެއެވެ. ނަމަވެސް އެމީހުން ކުރާ ހުވާ ނުފުއްދާނެއެވެ."

މީސަތަކުން އެކަކު އަނެކަކަށް ވަރަށް ގިނައިން އެއްޗެތިގޮވައި ލަޢްނަތްދޭނެއެވެ. ރިޝްވަތު ދިނުމާއި ފާހިޝް އަމަލުތައް ކުރުން ޢާންމުވެގެންދާނެއެވެ. މިދުނިޔޭގެ އުފާތައް ލިބިގަތުމަށްޓަކައި އާޚިރަތް މަތިން ހަނދާން ނައްތައިލާނެއެވެ."

ކައު އިތުރު ރަސޫލާ ﷺ ޙަދީޘްފުޅު ކުރައްވަވާފައިވަނީ މިކަންކަން އެމީހެއްގެ ހަޔާތުގައި ފެނިއްޖެނަމަ ރައްކައުތެރިކަން ހޯދުމަށެވެ. އެކަން ކަމާއި ކައިރިނުވެ ދުރުގައި ހުރެވޭނެ މަގެއް ހޯދުމަށެވެ. އެއީ ކުރަން ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ސަލާމަތްކަން އެދޭނަމަ އެއީ ކުރަންޖެހޭނެ ކަމެކެވެ.

މިކަންކަމުން ރައްކައުތެރިވުމަށްޓަކައި ބެލުންތައް ތިރިކުރުމާއި ނުރަނގަޅު ވާހަކަތައް އަޑު ނުއެހުމާއި މިނޫންވެސް އެކަންކަމުން ރައްކައުތެރިވެ ސަލާމަތް ވެވޭނެ ގޮތްތައް ހޯދައި ރައްކައުތެރިވުން ހިމެނެއެވެ. މިޙާލަތަށް ކަންކަން ދާއިރު މިކަންކަން ހުއްޓުވަން ބޭނުންވާ މީހާއަށް އެކަން ކުރަން ހުރަސްތައް ކުރިމަތިވާނެއެވެ. އެކަންކަމުން ސަލާމަތްވުމަށް ކުރެވޭނެ ކަންތައްތައް ވެސް ވަރަށް މަދުވާނެއެވެ. މީސްތަކުން ވަށައިލެވިފައިވާނީ ހުރިހާ ނުބައި ކަންކަމުންނެވެ.

--ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން