އެކުގަ މަސައްކަތްކުރާ މީހަކަށް ބޮޑު މުސާރަލިބޭތީ ޙަސަދަވެރިވުމަކީ ތިމާއަށް ލިބެން އޮތް ފުރުޞަތު ގެއްލިދާނެ ނުބައި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އެކުގަ މަސައްކަތްކުރާ މީހަކަށް ބޮޑު މުސާރަލިބޭތީ ޙަސަދަވެރިވުމަކީ ތިމާއަށް ލިބެން އޮތް ފުރުޞަތު ގެއްލިދާނެ ނުބައި ކަމެއް!

އޮފީހުގައި އެކުގައި މަސައްކަތްކުރާ މީހަކަށް ބޮޑުމުސާރައެއް ލިބޭނަމަ އެކަމަށް ޙަސަދަވެރިނުވާށެވެ! ތިބާއަށްވެސް އެފަދަ މުސާރައެއް ލިބުން އެދި ދުޢާކުރާށެވެ. ޙަސަދަވެރިވުމަކީ ތިބާއަށް ލިބެން އޮތް ފުރުޞަތު ގެއްލިގެން ހިނގައިދާނެ ކަމެކެވެ.  

ހަމައެފަދައިން ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވި މީހުން ދިރިއުޅޭ ފެންވަރު ފެނުމުން އެފެންވަރު ތިމާއަށްވެސް ލިބުމަށް އެދުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. ހަމަ ދުޢާކުރަންވީއެވެ. ނަމަވެސް ނަމަނަމަ އެހެން މީހަކަށް ދެއްވަވާ ތަނަވަސްކަމަށް ޙަސަދަވެރިނުވާށެވެ! އެއީ ތިބާއަށް ލިބެން އޮތް ފުރުޞަތު ގެއްލިދާނެ ކަމެކެވެ.  

ގިނަ ބައަކަށް ވިސްނެނީ ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާ މީހުންނަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިގަންނަވާ މީހުން ކަމަށެވެ. އެކަން އެގޮތަށް ޤަބޫލުކުރާނަމަ އެޤަބޫލްއެކުރެވެނީ ނިކަމެތި ފަޤީރުންނަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ މީހުންކަމަށެވެ.  

މިއީ އަކީ އެއްގޮތަކަށްވެސް ދެކޮޅުޖެހޭނެ ވިސްނުމެއް ނޫނެވެ. އެއީ ކަންއޮތް ގޮތެއްވެސް ނޫނެވެ. ދުނިޔޭގައި މިހާރު ތިބި އެންމެ ބޮޑެތި ބިލިއަނަރުންގެ ލިސްޓުގައިވެސް މުސްލިމުން ވަރަށް މަދެވެ. ގިނައީ ﷲ ތަޢާލާއަށް ޝަރީކުކުރާ މީހުންނެވެ.  

ﷲ ތަޢާލާއަށް ޝަރީކުރާބައަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވާނެއެވެ. އަދި އެފަދަ ތަނަވަސް މީހުންނާއިމެދު އޮތް ވަޙީބަސްފުޅުވެސް އެބައޮތެވެ. "އެއީ ކުރުމުއްދަތަކަށް ކަމަށާއި އެއިގެ ފަހުން އެމީހުން އެކަމުގެ ރަހަ ދެކޭނެ" ކަމަށް އޮތް ވަޙީބަސްފުޅެވެ.  

މުސްލިމުންގެ ތެރޭގައިވެސް އެންމެ ގިނައީ ފަޤީރުންނެވެ. އިސްލާމް ދީނަށްޓަކައި އެންމެ އަގުހުރި، ބޮޑެތި ޚިދުމްތަތައް ކޮށްދެއްވަވާފައިވަނީވެސް އަދި މިހާރު ކޮށްދެއްވަމުން ގެންދަވަނީވެސް ހަމަ އެންމެ ނިކަމެތި ފަޤީރުންގެ ތެރޭގައި ހިމެނިވަދައިގަންނަވާ ބޭފުޅުންނެވެ. މީގެ ތެރޭގައި އެންމެ ބޮޑެތި ޢިލްމުވެރިންވެސް ހިމެނިވަދައިގަންނަވައެވެ.  

ދެން ބަލައިލަންވީ ޤިޔާމަތް ދުވަހަށެވެ. ސުވަރުގެ ވައްދަވާ ތަނަވަސް މީހުން ސުވަރުގެ ވައްދަވާނީ ފަޤީރުން ސުވަރުގެ ވައްދަވައި ނިމޭތާ 500 އަހަރުވަރު ފަހުންކަން ޙަދީޘްފުޅުން އެނގެން އޮތުންވެސް އެއީ ވިސްނާލަން ޖެހޭނެ ކަމެކެވެ.  

Abu Huraira reported: The Messenger of Allah, peace and blessings be upon him, said,

“The poor Muslims will enter Paradise before the rich by half of a day, the length of which is like five hundred years.”

Source: Sunan al-Tirmidhī 2354

Grade: Sahih (authentic) according to Al-Albani

 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން