ތެދުމަގު ލިބެން އޮތީ ރަސޫލާ ޞޢޥ އަށް ކިޔަމަންތެރިވެ ސުންނަތަށް ޢަމަލުކޮށްގެންކަން- ޤުރްއާނުން-

ކިޔުމަށް ހޭދަވާނީ 2މ 35ސ
ތެދުމަގު ލިބެން އޮތީ ރަސޫލާ ޞޢޥ އަށް ކިޔަމަންތެރިވެ ސުންނަތަށް ޢަމަލުކޮށްގެންކަން- ޤުރްއާނުން-

ޢާއިޝަތު ރަފާޙް ޢަލީ

 

ﷲ ތަޢާލާ ނޫރު ސޫރަތުގެ 54 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.

قُلْ أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ ۖ فَإِن تَوَلَّوْا فَإِنَّمَا عَلَيْهِ مَا حُمِّلَ وَعَلَيْكُم مَّا حُمِّلْتُمْ ۖ وَإِن تُطِيعُوهُ تَهْتَدُوا ۚ وَمَا عَلَى الرَّسُولِ إِلَّا الْبَلَاغُ الْمُبِينُ ﴿٥٤﴾‏

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން اللَّه އަށް ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން رسول އާއަށްވެސް ކިޔަމަންވާށެވެ! ފަހެ، އެއުރެން ފުރަގަސްދީ ހިނގައްޖެނަމަ، ފަހެ، އެކަލޭގެފާނުގެ މައްޗަށް އޮތްކަން ކަށަވަރީ އެކަލޭގެފާނާ މަތިކުރެއްވި ކަންތަކެވެ. (އެއީ رسول ކަން އިއްވެވުމެވެ.) އަދި ތިޔަބައިމީހުންގެ މައްޗަށްއޮތީ ތިޔަބައިމީހުންނާ މަތިކުރެއްވި ކަންތަކެވެ. (އެއީ إيمان ވެ ކިޔަމަންގަތުމެވެ.) އަދި ތިޔަބައިމީހުން އެކަލޭގެފާނަށް ކިޔަމަންވާނަމަ ތިޔަބައިމީހުންނަށް ތެދުމަގު ލިބޭނެތެވެ. بيان ވެގެންވާ އިއްވެވުން މެނުވީ رسول އާގެ މައްޗަކަށް ނުވެއެވެ. (54)" 

·  ނަމާދު ޤާއިމުކޮށް ޒަކާތް ދިނުމަށް އެންގަވާފައިވުން: 

ﷲ ތަޢާލާ ނޫރު ސޫރަތުގެ 56 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ ﴿٥٦﴾‏

މާނައީ: "ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި زكاة ދޭށެވެ! އަދި رسول އާއަށް ކިޔަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمة ލެއްވުމަށްޓަކައެވެ. (56)"

މިއަދު އޮންލައިން