އާޚިރަތް ދުވަހަށް އީމާންވުމަކީ ކޮބާ؟ މަގުއޮޅި ފާފަތައް ކުރެވެނީ އާޚިރަތް ދުވަހަށް އީމާން ނުވެވޭތީ!

ކިޔުމަށް ހޭދަވާނީ 2މ
އާޚިރަތް ދުވަހަށް އީމާންވުމަކީ ކޮބާ؟ މަގުއޮޅި ފާފަތައް ކުރެވެނީ އާޚިރަތް ދުވަހަށް އީމާން ނުވެވޭތީ!

ޢާއިޝަތު ރަފާޙް ޢަލީ

 

އާޚިރަތް ދުވަހަށް އީމާންވުން ގިނަ ބައަކު މާނަކުރަނީ ވަރަށް ލުއިގޮތަކަށެވެ. އެއީ ހަމައެކަނި ޤިޔާމަތްވާނެކަމާއި އާޚިރަތް ދުވަސް އަންނާނެ ކަމަށް ޤަބޫލުކުރުން ކަމަށެވެ. މިއީ އެއްބައެވެ. މާނަ ފުރިހަމަވާނީ އާޚިރަތް ދުވަހަށް ބިރުވެތިވެވިގެންނެވެ.  

އާޚިރަތް ދުވަހަށް ބިރުވެތިވުމަކީ ފާފަކުރަން ބިރުވެތިވުމެވެ. ނނަމާދުކޮށް ދެންވެސް އަދާކުރަންޖެހޭ ފަރުޟްތައް އަދާނުކޮށް ހުންނަން ބިރުވެތިވުމެވެ. މިކަންކަމަށް ބިރުވެތިވާނަމަ ފާފަކުރުމާއި ދުރުހެލިވެވޭނެއެވެ. އިން ޝާ ﷲ  

ﷲ ތަޢާލާ ބަޤަރާ ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. 

وَالَّذِينَ يُؤْمِنُونَ بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِن قَبْلِكَ وَبِالْآخِرَةِ هُمْ يُوقِنُونَ ﴿3﴾‏

މާނައީ: "އަދި އެއުރެންނީ، ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި ކަލޭގެފާނުގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް إيمان ވާ މީހުންނެވެ. އަދި އެއުރެންނީ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ. (4)"

މިއާޔަތް އިތުރައް ތަފްސީލުކުރައްވަމުން ކީރިތި ޤުރްއާނާއި ސުންނަތަށް ތަބަޢަވުމާއި ކުރީގައި ބާވައިލެއްވިފައިވާ ފޮތްތައް(ތައުރާތާއި، އިންޖީލާއި، ޒަބޫރާއި، ޞުޙުފައް) އީމާންވުމެވެ.  

وَبِالْآخِرَةِ هُمْ يُوقِنُونَ ﴿٤﴾‏ މާނައީ: އަދި އެއުރެންނީ، ހަމަ آخرة ދުވަހާ މެދުގައި يقين ކުރާ މީހުންނެވެ. (4)" އާޚިރަތައް އީމާންވުމުގެ މާނައަކީ އެއްވެސް ކަމަކާ ޝަކުވާ ކުރުމެއްނެތި، އާޚިރަތް ދުވަހަކީ އަންނާނެ ދުވަހެއްކަން ޤަބޫލުކޮށް، އަލުން ދިރުއްވާނެ ކަމާއި، ޖަޒާ ދެއްވުމާއި، ޙިސާބު ބެއްލެވުމާއި، ނަރަކައާއި ސުވަރުގެއަށް އީމާންވުމެވެ.

 

މިއަދު އޮންލައިން