ފިރިން ޢަދުލުވެރިވެ މިގޮތަށް ޘާބިތުވާނަމަ މައިދައިތައާ ބަފައިބެގެ އަނިޔާ އަނބިންނަކަށް ނުލިބޭނެ! ގޭތެރޭގަ އޮންނާނީވެސް ހަމަޖެހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ފިރިން ޢަދުލުވެރިވެ މިގޮތަށް ޘާބިތުވާނަމަ މައިދައިތައާ ބަފައިބެގެ އަނިޔާ އަނބިންނަކަށް ނުލިބޭނެ! ގޭތެރޭގަ އޮންނާނީވެސް ހަމަޖެހުން!

ފިރިމީހާއަށް ގެއަށް ވަދެވުނުއިރު މަންމަ އާއި ބައްޕަވެގެން އޭނާގެ އަނބިމީހާއަށް އެއްޗެތިގޮވަނީއެވެ. އަނބިމީހާ ލައިގެންހުރި ފޭރާން ކަމުނުދާތީއެވެ. ނިވާކަން ކުޑަކަމުންނެވެ. އެފަދަ ފޭރާމެއްގައި މައިންބަފައިންގެ ކުރިމަތީގައި އުޅޭތީއެވެ. 

ދެމަފިރިންނަށް ދަރިފުޅު ފެނުމާއިއެކު އޭނާގެ އަނބިމީހާއާއިމެދު ޝަކުވާކުރަން ފެށިއެވެ. ގޭތެރޭގައިކަމަށްވިޔަސް އުޅެންޖެހޭނީ އެކަށީގެންވާ ފޭރާމެއްގައި ކަމަށްބުނެއެވެ. އަޑުއަހަން ހުރެފައި އޭނާގެ ދެދައްތައަށް މެސެޖުކޮށްލާފައި ސިޓީންގ ރޫމަށް ވަރަށް އަވަހަށް އައިސްދިނުމަށް އެދުނެވެ.  

ދެދައްތަ އައުމުން އަނބިމީހާއާއި 3 އަންހެނުން ގާތްގާތުގައި ބައިތިއްބާފައި ފޮޓޯއެއް ނެގުމަށްފަހު ސުވާލުކުރިއެވެ. ބުނެބަލާށެވެ. ނިވާކަން ކުޑައީ ނޫނީ ބޮޑީ ކާކުގެ ހެދުމެއް ހެއްޔެވެ؟ އިންޞާފަށް ބަސް ނުބުނެފިނަމަ ފެމިލީ ގްރޫޕަށް ފޮޓޯލާފައި މިސުވާލުކުރާނަމެވެ. އެއިރުން އެހެން މީހުން ބުނާ ބަހެއްވެސް އެނގޭނެތާއެވެ.  

ލޯބިވާ މަންމާއެވެ! ލޯބިވާ ބައްޕާއެވެ! މިގެއަށް ރަމީޒާ ގެނައިންސުރެ ކޮންމެ ދުވަހަކު މިބާވަތުގެ ކޮންމެވެސް ކަމެއް އެބަ ނެރެމުއެވެ. ބަހެއް ނުބުނެ ވަރަށް ކެތްކޮށްފީމެވެ. ނަމަވެސް މިއަދު ބަހެއް ބުނަން މަޖުބޫރުވީއެވެ. ނިކަން ބުނެބަލާށެވެ. ދެދައްތައާއި ދަނބިދަރިފުޅު ތިއަހާބޮޑަށް ތަފާތުކުރަނީ ކީއްވެގެން ހެއްޔެވެ؟ ދެދައްތައަށްވުރެ ބޮޑަށް މަންމައާއި ބައްޕައަށް ޚިދުމަތްކުރާތީހެއްޔެވެ؟ މިއީ ޒުވާބުކުރުމެއް ނޫނެވެ. ދީނުގައި އޮތީ ޢަދުލަށް ބަސްބުނުމެވެ. މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތުމެވެ. ނަމަވެސް މަންމައާއި ބައްޕަ ކަމަށްވިޔަސް އަނިޔާވެރިވާނަމަ އެކަން ބަލައިގަންނާކަށް ނެތެވެ. މަންމަމެންނަށް ތިއަ ރުޅިއައުދެވެނީ ރަމީޒާ ދެކެއެއް ނޫނެވެ. އަހުރެން ދެކެއެވެ. ވީމާ ތިއަގޮތަށް ކަންތައް ނުކޮށް މިގެއިން ދާން ބުނެބަލާށެވެ. އަހުރެމެން ދެމަފިރިން ހިނގައިދާނަމެވެ!  

މަންމައާއި ބައްޕަ ޖަވާބެއް ނުދެއެވެ. ނަމަވެސް އެދުވަހަށްފަހު އެބާވަތުގެ އެއްވެސް ކަމެއް ނުކުރެއެވެ. އެއްވެސް މައްސަލައެއް ނުޖައްސައެވެ. ދެ އަންހެން ދަރިން ފަދައިން ދަނބިދަރިފުޅަށްވެސް ހެޔޮކޮށްހިތަން ފެށިއެވެ.

މިއީ އަޅުގަނޑުބެލި ވީޑިއޯއެއްގައި ކަންކަން ހިނގައިދިއަ ގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ އެފިރިމީހާ ކަންތައް އެކުރި ގޮތަށް ކޮންމެ ފިރިއަކުވެސް ކަންކަން ކުރާނަމަ މިބާވަތުގެ މައްސަލަތައް ޖެހުން ވަރަށް ބޮޑުތަނުން މަދުވެގެންދާނެއެވެ. އެމީހެއްގެ އަނބިމީހާގެ ދިފާޢުގައި އެމީހަކު ނުތެދުވާނަމަ އެއަންތބަކަށް ޙިމާޔަތްދޭނީ ކާކުހެއްޔެވެ؟

 

- ފާއިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން