އަޞްލު ފިރިންނާ އަނބިން ދެނަގަންނަން އެންމެ ފަސޭހަވާނެ ގޮތާ ފެންނާނެ ތަފާތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އަޞްލު ފިރިންނާ އަނބިން ދެނަގަންނަން އެންމެ ފަސޭހަވާނެ ގޮތާ ފެންނާނެ ތަފާތު-

އަޞްލު ފިރިހެނުން ނުވަތަ ފިރިން އަދި އަޞްލު އަންހެނުން ނުވަތަ އަނބިން ވިޔަސް ބައިވެރިޔާއަށް ދޮގެއް ނުހަދާނެއެވެ. ކުރާކަމެއް ސިއްރުކޮށް ފޮރުވާކަށްވެސް ނުއުޅޭނެއެވެ. އެއީ އަބަދުވެސް ބައިވެރިޔާއަށް ރަނގަޅަށް ކަންކަން ކުރާތީ ކުށެއްކުރެވުނަސް މާފުކުރާނެ ކަމުގެ ޔަޤީންކަން އޮންނާތީއެވެ.

ހަމައެއާއިއެކު ދުވަހަކުވެސް ދޮގެއް ނުހަދާތީ ދައްކާ ވާހަކަ ބައިވެރިޔާ ޤަބޫލުކޮށް އިތުބާރުކުރާނެ ކަމުގެ ޔަޤީންކަންވެސް އޮންނާނެއެވެ. ދޮގުހަދާނަމަ އެފަދަ ޔަޤީންކަމެއް ނުއޮންނާނެއެވެ. ވީމާ ދޮގުމައްޗަށް ދޮގުހަދަން މަޖުބޫރުވެސްވާނެއެވެ.   

ބައިވެރިޔާއަށް ދޮގުހަދާނަމަ އަނބިމީހާނަމަވެސް ފިރިމީހާނަމަވެސް އެއީ އަޞްލު މީހެއް ނޫނެވެ. އެއީ ފޭކް މީހެކެވެ. އެމީހުންނަށް އަބަދުވެސް އުޅެންޖެހޭނީ އެމީހުންގެ ފޭކްކަން ނުފޮރުވިގެންނެވެ. ޙަޤީޤަތް ފަޅާއަރައި ބޭޒާރުވެދާނެތީ ބިރުންނެވެ. 

ވީމާ ތިމާޢަކީ ޙަޤީޤީ މީހެއްކަން ޘާބިތުކޮށްދޭން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ބައިވެރިޔާއަށް ދޮގުނުހެދުމެވެ. ކިތަންމެ ކުޑަކަމެއްގައިނަމަވެސް އަދި ބޮޑުކަމެއްގައި ނަމަވެސްމެއެވެ. މިބުނި ފަދަ އަޞްލުމީހަކަށްވެވޭނީ ދޮގުހެދުމުން ސަލާމަތްވެ ހުރެވިގެންނެވެ.  

ވީމާ ދިރިއުޅުމުން ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަމަކީ ދެމަފިރިންކުރެ އެކަކުވެސް ބައިވެރިޔާއަށް އެއްވެސް ކަމެއްގައި ދޮގު ނުހެދުމެވެ.

 

- ޑރ. ނޫރުލްހައި  

 

މިއަދު އޮންލައިން