ނަޞީޙަތް ޤަބޫލުނުކޮށް ފާފަކުރިޔަސް ދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް ލަޢްނަތް ލެއްވެވުން އެދިގެން ދުޢާކޮށްގެން ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ނަޞީޙަތް ޤަބޫލުނުކޮށް ފާފަކުރިޔަސް ދަރިންނަށްވެސް އަދި އެހެން މީހަކަށްވެސް ލަޢްނަތް ލެއްވެވުން އެދިގެން ދުޢާކޮށްގެން ނުވާނެ!

އެކުވެރިންގެ ތެރޭގައި ފާފަކުރެވޭ މީހަކު ހުރިނަމަވެސް އެމީހަކަށް ލަޢްނަތް ލެއްވެވުން އެދިގެން ދުޢާކޮށްގެން ނުވާނެއެވެ. އެއީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ މަނާކުރައްވަވާފައިވާ ކަމެކެވެ.  

އެމީހާއަށް ލަޢްނަތް ލެއްވެވުން އެދިގެން ދުޢާކުރުމުން އެކުރެވޭ ކަމަކީ އެމީހާ އިބިލީހާއި ޙަވާލުކުރުމެވެ. އެއިގެ ބަދަލުގައި އެމީހާއަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރާށެވެ! ތައުބާވެ ފާފަކުރުން ހުއްޓާލައިގެން ހުރެވޭ މީހަކަށްވުމަށް އެދިގެން ދުޢާކުރާށެވެ.  

ފާފަކުރެވޭ ކޮންމެ މީހަކީ ދީނުން ބޭރުވުމުގެ ބޭނުމުގައި އެކަންކުރާ މީހެއް ނޫނެވެ. އަދި ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިނުވާތީ ފާފަކުރާ މީހެއްވެސް ނޫނެވެ. އެމީހުންގެ ނަފުސުގައި ހުންނަ ބަލިކަށިކަން ބޮޑުކަމުން ފާފަކުރެވޭ މީހުންވެސް ވަރަށް ގިނައެވެ. މިކަންކަމަކީ ހަމަ ޙަދީޘްފުޅުން އެނގެން ހުރި ކަންކަމެވެ.  

ރަނގަޅެވެ! ނަޞީޙަތް ޤަބޫލުނުކޮށް ފާފަކުރާނަމަ ދަރިންދެކެވެސް ރުޅިއައުދެވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. އެހެންވިޔަސް ދަރިންނަށް ލަޢްނަތް ލެއްވެވުން އެދިގެން ދުޢާނުކުރާށެވެ! ދަރިންނަށްޓަކައި މައިންބަފައިން ކުރާ ދުޢާ ﷲ ތަޢާލާ ޢިޖާބަކުރައްވަވާނެތެވެ. ދަރިފުޅަށް ލައްނަތް ލެއްވެވީ މައިންބަފައިންގެ ދުޢާއިން ކަމަށްވެދާނެކަމަށް ވެއްޖެނަމަ ދެންވާނެ ގޮތަށް ބިރުވެތިވާށެވެ!

 

- އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން

މިއަދު އޮންލައިން