ކުދިން ބަލަމުން ގޭތެރޭގެ މަސައްކަތްކުރަން ބުރަވާނަމަ ކިޔަން އޮތް ޛިކުރު! ކިޔާނަމަ ރިޒުޤްވެސް ތަނަވަސްވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ކުދިން ބަލަމުން ގޭތެރޭގެ މަސައްކަތްކުރަން ބުރަވާނަމަ ކިޔަން އޮތް ޛިކުރު! ކިޔާނަމަ ރިޒުޤްވެސް ތަނަވަސްވާނެ! އިން ޝާ ﷲ

ގިނަ އަންހެނުންނަކީ ގޭތެރޭގައި ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ ބައެކެވެ. ގޭތެރެ ސާފުކުރަމުން އެއްޗެތި ދޮވެއިސްތިރިކުރަމުން ކައްކަމުން ދަރިން ބެލެހެއްޓުމަކީ ކިހައި ބުރަ މަސައްކަތެއްކަން އިޙްޞާޞްކުރެވޭނީ އެކަންކަން އަމިއްލައަތުން ކުރާ މީހަކަށެވެ.  

ހަމައެއާއިއެކު ނޯކަރުން ގެންގުޅުމަކީ ތަނަވަސް މީހުންނަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ އިޖުތިމާޢީ ތަފާތު މައްސަލަތައް ކުރިމަތިވާކަމެއްކަންވެސް ފާހަގަކުރަންޖެހެއެވެ. މިޙާލަތުގައިވެސް ޢަމަލުކުރަންވީ ގޮތް، މަސައްކަތްކުރަން ބޭނުންވާ ހަކަތަ ލިބޭނެ މަގު ޙަދީޘްފުޅުން ފެންނަން އެބައޮތެވެ.  

ރަސޫލް () ގެ ދަރިކަނބަލުން ފާޠިމަތުގެފާނަށް ގަނޑުވަރުކޮޅުގައި އެކަމަނާއަށް އެހީތެރިވެދެއްވާނެ މީހަކަށް ބޭނުންފުޅުވެގެން ޢައިޝަތުގެފާނު މެދުވެރިކުރައްވައި އެކަން ރަސޫލް () އަށް ދެންނެވިއެވެ. އެއީ އެކަމަށް އެދިވަޑައިގަންނަވަން ފާޠިމަތުގެފާނު ވަޑައިގެންނެވިއިރު ރަސޫލް () ގަނޑުވަރުކޮޅުގައި ނުއުޅުއްވަވާތީއެވެ.   

ރަސޫލް () ގަނޑުވަރުކޮޅަށް ވަޑައިގަތުމުން ޢައިޝަތުގެފާނު އެޚަބަރު ދެއްވެވުމުން ރަސޫލް () ފާޠިމަތުގެފާނު ދިރިއުޅުއްވަވާ ގަނޑުވަރުކޮޅަށް ވަޑައިގެން ފާޠިމަތުގެފާނާއި ޢަލީގެފާނުގެ މެދުގައި އިށީނދެވަޑައިގެން ޙަދީޘްފުޅު ކުރެއްވެވިއެވެ. "ދަރިކަނބަލުން އެދިވަޑައިގެންނެވި ކަމަށްވުރެ މާރަގަޅު ކަމެއް ބަޔާންކޮށްދެއްވަން ހެއްޔެވެ؟ އަވަހާރަފުޅު ލެއްޕެވުމުގެ ކުރިން ސުބްހާނަﷲ 33 ފަހަރު، އަލްޙަމްދުލިﷲ 33 ފަހަރު އަދި ﷲއަކްބަރު 34 ފަހަރު ވިދާޅުވާށެވެ."  

Among the adhkaar that may be recited before going to sleep, as referred to in the question, is that reported in the hadeeth of Ali ibn Abi Taalib (may Allaah be pleased with him), who said that Faatimah (upon whom be peace) came to the Prophet (peace and blessings of Allaah be upon him) and asked him for a servant. He said, Shall I not tell you of something that is better for you than that? When you go to sleep, say Subhaan Allaah thirty-three times, Al-hamdu Lillah thirty-three times, and Allaahu akbar thirty four times.

(Reported by al-Bukhaari, 4943).

މީސްތަކުންނޭވެ! ބޭނުންވަނީ ހަކަތަ ނޫން ހެއްޔެވެ؟ މިފަދައިން ޛިކްރުކޮށްފި މީހާއަށް އަނެއް ދުވަހު މަސައްކަތްކުރާނެ ހަކަތަ ﷲ ތަޢާލާ ދެއްވަވާނެތެވެ. ހަކަތަ ހޯދަން އަގުބޮޑު ބުއިންތައް ބޯކަށްވެސް ނުޖެހޭނެއެވެ. މިހުންނަނީ ވަރަށް ފަސޭހައިން ކުރެވެންހުރި ކަންކަމެވެ. ޛިކުރުކުރުން ގިނަކުރުމަކީ ރިޒުޤް އިތުރުކޮށްދެއްވަވާ ސަބަބެއްވެސްމެއެވެ. އިން ޝާ ﷲ

 

- ޝައިޚް މަޖީދު މަޙްމޫދުގެ ދަރުސަކުން

 

މިއަދު އޮންލައިން