ނަރަކައާމެދު ވިސްނުމަކީ ކޮބާ؟ ވިސްނަންވީ ކޮންކަންކަމަކަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނަރަކައާމެދު ވިސްނުމަކީ ކޮބާ؟ ވިސްނަންވީ ކޮންކަންކަމަކަށްތަ؟

ތިމާ ކުރަންބޭނުންވާ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ އެކަމަކާއިމެދު ރަނގަޅަށް ވިސްނައިގެން އެކަމެއް ކުރުމުންނެވެ. މިގޮތުން ބަލާއިރު ނަރަކައާއިމެދު ވިސްނަންވީ އެންމެ ކަމަކަށްޓަކައެވެ. އެއީ ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވަރުލިބިގަތުމަށެވެ. ނަރަކައަށް ވަންނަން ޖެހިދާނެ އެއްވެސް ކަމެއް ނުކުރަން މަސައްކަތްކުރެވޭނީވެސް ނަރަކައާއިމެދު ވިސްނައިގެންނެވެ،

މިފަދަ ސަބަބުތަކަށްޓަކައި ނަރަކަ އާއިމެދު އަބަދުވެސް ވިސްނަންޖެހެއެވެ. ނަރަކައާއިމެދު ވިސްނުމަކީ ނަރަކައިގެ ޢަޛާބާއިމެދު ވިސްނުމެވެ. ނަރަކައިގެ ޢަޛާބަކީ އެއްވެސް މީހަކަށް ކިތަންމެ ކުޑަކުޑަ ހިނދުކޮޅަކަށް ނަމަވެސް ކެތްކޮށްލެވޭނެ ކަމެއް ނޫންކަމާއިމެދު ވިސްނުމެވެ. އެކަމުން ކުރާނެ އެންމެ ބޮޑު ފައިދާއަކީ ނަރަކަށް ބިރުވެތިވެވި ނަރަކައިގެ ޢަޛާބުން ސަލާމަތްވާން މަސައްކަތްކުރެވޭ މިންވަރު އިތުރުވުމެވެ.

ނަރަކައިގެ އަހުލުވެރިންގެ ޢަޒާބުން ދެތިން ކަމެއް !:

-1(އެއުރެންވަނީ ލޯލިތަކުގެ ބުޑުތައް ފޫވައްޓައިފަނިވި) ހޫނު ވައިގެތެރޭގައެވެ އަދި ކެކިކެކިހުންނަ ހޫނުފެނުގެ ތެރޭގައެވެ

2-އަދި ކަޅުކުލައިގެ ދުމަކުން އުފެދޭ ހިޔަނިގަނޑެއްގެ ތެރޭގައެވެ -

3- ފިންޏެއްވެސް ނޫނެވެ އަދި އަރާމެއްވެސް ނޫނެވެ

(سورة الواقعة: 42-44 )

ސުވަރުގޭގެ އަހުލުވެރިންގެ ނިޢުމަތްތަކުގެ ތެރެއިން ދެތިންކަމެއް: -

1- (އެއުރެންވަނީ) ކަށިނެތް، ކުންނާރު ގަސްތަކުގެ ތެރޭގައެވެ.

2- ކެޔޮވައްތައް އެތުރިފައިވާ ފަތްކެޔޮ ގަސްތަކުގެ ތެރޭގައެވެ.

3- އަދި ފެތުރިގެންވާ ހިޔަލުގައެވެ.

4 އަދި އަބަދަށް އޮހިއޮހިހުންނަ ފެން، އެއުރެންނަށް ލިބޭނެއެވެ.

5-އަދި ގިނަގުނަވެގެންވާ މޭވާތައްވެސްމެއެވެ -

6- ހުސްވުމެއްނުވާ، އަދި މަނާވުމެއްނުވާ މޭވާއެވެ.

7 - އަދި އުފުލިގެންވާ ދާންތަކެވެ

( سورة الواقعة: 28-34)

-ޝައިޚް އަޙްމަދު ރިމާޒް

މިއަދު އޮންލައިން