ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިޔަސް އެހާބޮޑަށް ދެރަވެ މާޔޫސް ނުވެބަލަ!: ބުރައާ ހިތްދަތިކަން އުފުލަން ނުޖެހުނީތީ ޤިޔާމަތްދުވަހު ހިތާމަކުރަންޖެހޭނެ މީހުން ވަރަށް ގިނަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކޮންމެ ފަދަ ޙާލަތެއް ކުރިމަތިވިޔަސް އެހާބޮޑަށް ދެރަވެ މާޔޫސް ނުވެބަލަ!: ބުރައާ ހިތްދަތިކަން އުފުލަން ނުޖެހުނީތީ ޤިޔާމަތްދުވަހު ހިތާމަކުރަންޖެހޭނެ މީހުން ވަރަށް ގިނަވާނެ!

އެހެން މީހުންނަށް ތަނަވަސްކަމާއި އުފާވެރިކަން ދެއްވަވާތީ އަދި އެމީހުންނަށް ބަލިވެ އުޅެން ނުޖެހޭތީ ކަންބޮޑުވާ މީހުންގެ ގާތުގައި ވާހަކައެއް ބުނެލާނަމެވެ. ފުރަތަމަ ވާހަކައަކީ ﷲ ތަޢާލާ އެއްވެސް މީހަކަށް ކަންކަން މިންވަރުކުރައްވަވަނީ ކޮންފަދަ އިމްތިޙާނަކަށްކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ކިތަންމެ ވަރަކަށް ވިސްނަން މަސައްކަތްކުރިނަމަވެސް ނުވެސް ވިސްނޭނެއެވެ. 

ދުނިޔޭގައި ދަތިޙާލުގައި ނުވަތަ ބަލިޙާލުގައި ތަކްލީފް އުފުލަންޖެހޭ މީހުން، ކެތްތެރިވެ މިންވަރަށް ޝުކުރުކުރުންމަތީގައި ތިބެއްޖެނަމަ އެމީހުންނަށް ޤިޔާމަތްދުވަހުން ލައްވަވާ ހެޔޮ ރަހްމަތުގެ ބޮޑުކަމާއި އެމީހުންގެ ދަރަޖަ އުފުއްލަވަވާވަރު ފެނުމުން ދަތިޙާލުގައި އުޅެން ނުޖެހުނު، ތަކްލީފް އުފުލަން ނުޖެހުނު މީހުން ބޭނުންވާނީ ދުނިޔެއަށް އެނބުރި އައިސް ދުނިޔޭގައި ދަތިޙާލުގައި، ތަކްލީފް އުފުލައިގެން އުޅުނު މީހުންނަށްވުރެ ނިކަމެތި ޙާލުގައިވުމަށެވެ. އެއީ އެމީހުންނަށް ދެއްވެވި ފަދަ ނިޢުމަތްތައް ލިބިގަތުމަށެވެ. 

މައްސަލައަކަށްވެގެން މިއަދު މިއުޅެނީ މިފަދަ ކަންކަން ހިތަށް ނުގެނެވޭކަމެވެ. ދުނިޔޭގައި ތަކްލީފް އުފުލަން ޖެހުމުން ޤިޔާމަތް ދުވަހު ކުރަން އޮތް ބޮޑުފައިދާ އާއިމެދު ވިސްނައިނުލެވޭތީއެވެ. ދުނިޔޭގައި ނިޢުމަތްތައް ލިބި އުފާވެރިކަމުގައި އުޅޭތަން ފެނުނީމާ ޙަސަދަވެރިވެވެނީ މިބުނި ފަދައިން ވިސްނައި ނުލެވޭތީއެވެ. 

ހަމައެކަނި އެންމެ ކަމެއް ހިތަށް ގެންނަން މަސައްކަތްކުރާށެވެ. އެއީ ﷲ ތަޢާލާ ބޮޑަށް ލޯބިވެވޮޑިގަންނަވާއަޅުންނަށް ކުރިމަތިކުރައްވަވާ އިމްތިޙާނުތައް ބޮޑުވާނެ ކަމަށް އޮތް ބަސްފުޅެވެ. އެއިރުން ﷲ ތަޢާލާ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަޅުންނަށް ޤިޔާމަތް ދުވަހު ދެއްވަވާނެ ނިޢުމަތްތައް ހިތަށް ގެނެވި ތަކްލީފްތައް އުފުލަންޖެހުމުން ކުރިމަތިވާ ހުރިހާ ނުތަނަވަސަކަމެއް ފިލައިގެންދާނެއެވެ. އިން ޝާ ﷲ

 

- ލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން