ސިއުޒާ
ހަގީގީ ފިރިހެނުން އަންހެނެއްގެ ހަށިގަނޑަކާ ލޯތްބެއް ނުވާނެއެވެ. އަންހެނާގެ ރީތިކަން އެމީހުން ހޯދަނީ އަންހެނެއްގެ ހިތާއި ފުރާނައިންނެވެ. މާނައަކީ ތާހިރު ދިރިއުޅުމާއި ކުރާއަޅުކަމުންނެވެ.
އެމީހުން ބޭނުންވަނީ އެމީހުންދެކެ ލޯބިވެވޭނެ، އަޅައިލާ، ރަނގަޅު ވަގުތުތަކާއި ނުރަނގަޅު ވަގުތުތަކުގައި އެމީހުންނާއެކު އުޅެވޭނެ އަންހެނުންނެވެ. އެހެންވީމާ އަންހެން ކުއްޖާ، ފުރިހަމަ ކަމަށް ކަނޑައެޅުމަށްޓަކައި އަޖައިބު ކުރުވަނިވި ވަނާތަކެއް ނުވަތަ އެއްވެސް އުނިކަމެއް ނެތް ކުލައެއް ހުންނާކަށް
ނުޖެހެއެވެ. ރީތި ކަމަށް ލޭބަލް ކުރުމަށްޓަކައި އެހެން މީހުން ސެޓް ކުރާ އެއްވެސް ސުޕަރފިޝަލް މޯލްޑަކަށް ފިޓްވާކަށް ނުޖެހެއެވެ. ތިބާގެ ސިފައިގެ ރީތިކަމަކީ ފިރިހެނަކު ތިބާދެކެ ލޯބިވާން ޖެހޭ މިންގަނޑެއް ނޫނެވެ. ތިބާގެ އޯގާތެރި ހިތާއި ތިބާގެ ރީތި ފުރާނައަށްޓަކައި ފިރިހެނަކު ތިބާދެކެ ލޯބިވާއިރު، ދެން ތިބާ ވާނީ ހަމައެކަނި އޭނާއަށްޓަކައި މި ދުނިޔޭގެ އެންމެ ރީތި އަންހެނާއަށެވެ. އަބަދުވެސް ތިމާއަށް މަޑުމައިތިރި ހިތެއް ހުންނަ، ތިމާއަށް ވިސްނޭވަރަށް ތަޝައްރަފްފުދި، އޭނާގެ ލޯތްބާއި އެކު ރުޅި "ފިނިވާވަރަށް" ތަޝައްރަފްފުދި ތިމާގެ ނަޒަރިއްޔާތު ބެލެހެއްޓޭވަރަށް ތަޝައްރަފްފުދި ތިމާގެ އުނިކަންތައްތައް ގަބޫލުކުރާވަރަށް ތަޝައްރަފްފުދި ބައިވެރިއަކު ލިބުން އެދިގެން ދުޢާކުރާށެވެ. އާމީން
--ޑރ. ނޫރުލްޙައި