ދެމަފިރިންގެ މެދުގައި މައްސަލަޖެހިއްޖެނަމަ ޙައްލުހޯދަން އެހީތެރިވެދޭން ދައްކަންޖެހޭނެ ވާހަކަތަކާ ދައްކައިގެން ނުވާނެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ދެމަފިރިންގެ މެދުގައި މައްސަލަޖެހިއްޖެނަމަ ޙައްލުހޯދަން އެހީތެރިވެދޭން ދައްކަންޖެހޭނެ ވާހަކަތަކާ ދައްކައިގެން ނުވާނެ ވާހަކަ!

ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއް ޙައްލުކޮށްދީ ކައިވެނި ރޫޅާލުމުން ސަލާމަތްކޮށްދޭން މަސައްކަތްކުރުމަކީ އެންމެ މަތިވެރި އަޅުކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. މުޅި މުޖުތަމަޢުއަށްވެސް އެންމެ ފައިދާހުރި މަސައްކަތެވެ. އެހެނީ އެއިރުން އެސަލާމަތްކޮށްދެވެނީ ހަމައެކަނި އެދެމަފިރިންގެ މަޞްލަހަތެއް ނޫނެވެ. ލިބިފައިވާ ދަރިންގެ މަޞްލަޙަތުވެސް ކަމަށްވާތީއެވެ.

ކައިވެނި ރޫޅުމުގެ މަސައްލައަށް ކަންބޮޑުވާކަމަށް ބުނެ ގިނައިން ދައްކަނީ ދައްކަން ނުޖެހޭނެ ވާހަކަތަކެވެ. މިޘާލަކަށް ކައިވެނި ރޫޅުމުން އެކަނި އުޅެން ހިތްވަރުލިބޭނެ ވާހަކަތަކެވެ. ކިޔައިދެވެނީ އެކަނި އުޅެން ފަސޭހަވާނެ ގޮތްތަކެވެ. އެކަނި ދިރިއުޅޭ މީހުންގެ ކާމިޔާބީގެ ޥާހަކައެވެ.

މިއީ ވަރަށް ދެރަކަމެކެވެ. ގާތް އެކުވެރިއަކަށް ނަމަވެސް ނުވަތަ ޢާއިލާގެ މީހަކަށް ނަމަވެސް ޒަވާޖީ ޙަޔާތުގައި މައްސަލަތައް ކުރިމަތިވާނަމަ ފުރަތަމަ ކަމަކަށް އެފަދަ މައްސލަތައް ޙައްލުކުރުމުގައި ކާމިޔާބީ ހޯދާފައިވާ މީހުންގެ ވާހަކަތައް ކިޔައިދޭށެވެ. ކާމިޔާބީ ހޯދަން ކުރި މަސައްކަތާއި ވީޤުރްބާނީ އާއި އެކަމުން ލިބުނު އުފާވެރިކަން ކިޔައިދޭށެވެ. ކައިވެނި ރޫޅާލަން ޖެހޭނީ ކައިވެނި ރޫޅާލުމުން ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށްފައިކަން ބަޔާންކޮށްދޭށެވެ. އެކަންކަން ކުރަން ހިތްވަރުދޭށެވެ.

ދެމަފިރިންގެ މެދުގައި މައްސަލައެއް ޖެހި، އެކަން އަމިއްލައަށް ޙައްލުނުކުރެވިއްޖެނަމަ އެކަމަށް މަޝްވަރާކުރަންވާނީ މިބުނި މަގުން ނަޞޭޙަތްދޭނެކަން ޔަޤީންކުރެވޭ މީހުންނާއިއެވެ. އެންމެ ބޮޑު ޝަރުޠަކީ އެމީހާއަކީ އޭނާގެ ޢާއިލީ ދިރިއުޅުން ސަލާމަތްކުރުމުގެ ކުޅަދާނަކަން ލިބިފައިވާ އަދި ތަޤްވާވެރި މީހަކު ކަމުގައިވުމެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިނުވާ މީހުންގެ ކިބައިން ލަފައާ އިރުޝާދު ނުހޯދާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިނުވާ މީހުންގެ ކިބައިން އިރުޝާދު ލިބޭނީ ޝައިޠޯނާ ބޭނުންވާ މަގުންނެވެ. އެއިރުން ގާތީ ދެދުނިޔެވެސް ގެއްލިގެންދިއުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން