ވަގުލޯބިވެރިޔާގެ ކިބައިން ދުވަސްކޮޅަކު އުފާ ހޯދާފައި އަނބިމީހާއަށް ހެޔޮކޮށް ހިތަން ހުއްޓާ މަރު އައިސް ބައްދަލުކޮށްފިނަމަ އެމީހެއްގެ ނިމުން ވާނީ ނުބައި ނިމުމަކަށް! އެއީ ބިރުހުރިކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ވަގުލޯބިވެރިޔާގެ ކިބައިން ދުވަސްކޮޅަކު އުފާ ހޯދާފައި އަނބިމީހާއަށް ހެޔޮކޮށް ހިތަން ހުއްޓާ މަރު އައިސް ބައްދަލުކޮށްފިނަމަ އެމީހެއްގެ ނިމުން ވާނީ ނުބައި ނިމުމަކަށް! އެއީ ބިރުހުރިކަމެއް!

ބައިވެރިޔާއަށް ބޭވަފާތެރިވުމުގައިވެސް ދަރަޖަތަކެއް އެބަހުއްޓެވެ. އެއިގެ ތެރޭގައި އެއްވެސް ފާފައެއް ނުކޮށް ދެމީހުން ލޯބިވެގެން ދުރުގައި ތިބުންވެސް ހިމެނެއެވެ. ނަމަވެސް މިއަދުގެ ޙާލަތަށްބަލައިފިނަމަ އެފަދަ މީހުން ވަރަށް މަދުވާނެއެވެ. ޙާލަކުން މީހަކުވެސް ނުހުންނާނެއެވެ. އޮންނާނީ ބައްދަލުކުރެވިފައެވެ. އެހިސާބުންވެސް އެއޮތީ ގޯސްވެފައެވެ. އަދި އެވަރަކުންވެސް ނުނިމޭނެއެވެ. އޮންނާނީ ބޮޑެތި ފާފަތަކަށް އަރައިގަނެވިފައެވެ.

އަހުރެމެން އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ އެއްކަމަކީ ރަނގަޅު ނިމުމެއް ދެއްވެވުމެވެ. އެކަމަށް އެދޭމީހާއަކީ ފަހުން ތައުބާވާން މަޑުކޮށްގެން ހުންނަ މީހަކަށްވެގެންނުވާނެއެވެ.

ޒަވާޖީ ޙަޔާތެއްގައި އުޅެމުން ދެވަނަ ލޯބިވެރިއަކު ހޯދުމަކީ މިހާރު ގިނަ ބައަކުކުރާ ވަރަށް ޢާންމުކަމެކެވެ. އެކަން ބައިވެރިޔާއަށް އެނގޭ ވަޤުތުން ފެށިގެން އޭނާ ހުންނާނީ ވަރަށް ބޮޑު ހިތްހަމަނުޖެހުމެއްގައެވެ. ހިތްދަތިކަމުގައެވެ. އެއިރު ވިސްނުމުގައި ހުންނަނީ ދުވަސްކޮޅަކު ދެވަނަ ލޯބިވެރިޔާއާއިއެކުގައި މަޖާކޮށްލާފައި ބައިވެރިޔާއަށް ލޯބިދީގެން ރަނގަޅު ދިރިއުޅުމެއް އުޅޭނީއެވެ.

މިފަދަ ވިސްނުމެއްގައި ހުއްޓައި މަރު އައިސް އޭނާއާއި ބައްދަލުކޮށްފިނަމަ ވާނީ ކިހިނަކުން ހެއްޔެވެ؟ ފުރަތަމަ ކަމަކަށް އޭނާގެ ނިމުން އޭނާ އާއި އެއް ބައްދަލުކުރަނީ ފާފަކުރުންމަތީގައި ހުއްޓައެވެ. ދެވަނަ ކަމަކަށް އޭނާއަށް ވަފާތެރި ބައިވެރިޔާގެ ހިތަށް އަނިޔާވެރިވަމުން ދަނިކޮށެވެ. އެފަދަ މީހެއްގެ ނިމުން އޮންނާނީ ކިހިނަކުންހެއްޔެވެ؟ ހަމަޤައިމުވެސް ފާފަކުރުންމަތީގައި ހުއްޓައި މަރުވެއްޖެނަމަ އެއީ ރަނގަޅު ނިމުމެއް ނޫނެވެ. އެއީ ނުބައި ނިމުމެކެވެ. އެއްވެސް މީހަކާއިމެދު ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތް ބުނާކަށް ނުއެނގޭނެއެވެ. އެހެނަސް ފެންނަންހުރި ދަލީލުތަކަށްބަލާއިރު ނުބައި ނިމުމެއްގައި ދުނިޔެއާއި ވަކިވާންޖެހިއްޖެނަމަ އެމީހަކަށް އާޚިރަތެއް ނުލިބޭނެއެވެ.

ލޮބުވެތި އެކުވެރިންނޭވެ! ހަމައެކަނި ﷲ ތަޢާލާއަށް ބިރުވެތިވެ އެކަލާނގެ ޙަޟްރަތަށް ތެދުވެރިވާށެވެ! ހެޔޮލަފާ ނިމުމެއް ލިބެންއޮތީ އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން