ބޭނުންވާ ހުރިހާ ކަންކަން ހިމެނޭ ކުރު ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ބޭނުންވާ ހުރިހާ ކަންކަން ހިމެނޭ ކުރު ދުޢާއެއް!

މީހަކު ރަސޫލާ އަށް ދެންނެވިއެވެ. " الله އަށް ދުޢާ ކުރުމުގައި ދަންނަވާނީ ކިހިނެއްތޯއެވެ؟" ޙަދީޘް ކުރެއްވެވިއެވެ. މިފަދައިން ކިޔާށެވެ. "ހައްދަވާގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ފާފަ ފުއްސަވައި، ރަޙްމަތްލައްވަވައި، ޢަފޫކޮށްދެއްވަވައި، ރިޒްގު ތަނަވަސްކޮށް ދެއްވވަވައިފާންދޭވެ.!" މިކަލިމަތަކުން ދުނިޔެ އާއި އާޚިރަތަށް އެދި ދެންނެވޭނެއެވެ." 

اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَعَافِنِي وَارْزُقْنِي ‏"‏ ‏.‏ 

رواه الإمام مسلم رحمه الله ٢٦٩٧ 

ފާފަފުއްސަވައި ދެއްވެވުމާއި ޢަފޫކުރެއްވެވުމާއި ރަޙްމަތް ލެއްވެވުމާއި ރިޒްޤް ދެއްވެވުމުން އެމީހަކަށް އެވަނީ ހުރިހާ ކަމެއް ފުދި އިތުރުވެފައެވެ.  

މިކަލިމަތަކަށް ބަލައިފިނަމަ އެއިގައި ނުހިމެނޭ އެއްވެސް ކަމެއް ނެތެވެ.  

ރަސޫލާ ޙަދީޘް ކުރެއްވެވިއެވެ. "ކޮންމެ އާދަމުގެ ދަރިޔަކީވެސް ކުށް ކުރެވޭނެ މީހެކެވެ. ކުށްކުރެވޭ މީހުންގެ ތެރެއިން އެންމެ ހެޔޮކަންބޮޑު މީހަކީ ގިނަގިނައިން ތައުބާވާމީހުންނެވެ." ފާފައެއް ކުރެވިއްޖެނަމަ ތައުބާވުމަށް އަވަސްވެގަންނާށެވެ."  

ވީމާ ތައުބާވުމަށްފަހު މިފަދަ ދުޢާތައް ކުރުން ގިނަކުރަންވާނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ދުޢާކުރަންވާނެއެވެ. ތައުބާމަތީގައި ދެމިހުރެވޭނީ އެއިރުންނެވެ. އިން ޝާ ﷲ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން