ބައިވެރިޔާއަށް ޖަވާބުނުދީ މަޑުންހުރުމަކީ އަލިފާނަށް ޔެޔޮއުކުން ފަދަ ކަމެއް! ހުޅުގަނޑު ވާނީ އިތުރަށް ބޮޑު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ބައިވެރިޔާއަށް ޖަވާބުނުދީ މަޑުންހުރުމަކީ އަލިފާނަށް ޔެޔޮއުކުން ފަދަ ކަމެއް! ހުޅުގަނޑު ވާނީ އިތުރަށް ބޮޑު!

އަހުރެން މިހެން މިބުނަނީ ދެމަފިރިންނަށެވެ. އަނބިމީހާއަށާއި ފިރިމީހާއަށެވެ. 

ކަމަކާއި ރުޅީގަދަވެގެން ސުވާލުކުރާނަމަ ފައިދާކުރާނީ ޖަވާބުނުދީ މަޑުންހުރުމުން ކަމަށް ޤަބޫލުކުރެވޭ ބައަކު އުޅެއެވެ. ބުނަން ހެއްޔެވެ؟ ޖަވާބު ނުދިނުމަކީ ޙައްލެއް ނޫނެވެ. ސަބަބަކީ ޖަވާބު ނުދިނުމަކީ ޢާންމު ގޮތެއްގައި ކުށްވެރިން ކުރާކަމަކަށްވާތީއެވެ. ވީމާ ޖަވާބު ނުދިނީމާ ޤަބޫލުކުރެވޭނީ ކުށްކޮށްގެން ހުރިކަމަށެވެ. މައްސަލަ ވާނީ އިތުރަށް ހޫނެވެ.  

ވީމާ އަނެކާ ކިތަންމެ ގަދައަށް ރުޅިއައިސްފައި ހުރެގެން ނަމަވެސް ކުރާ ސުވާލުތަކަށް ޖަވާބުދޭށެވެ. ބާރަކަށް ނޫނެވެ. ކިތަންމެ މަޑުން ނަމަވެސް މައްސަލައެއް ނެތެވެ. އަނެކާއަށް އަޑުއިވުނީމާ އެނިމުނީއެވެ. ފައިދާކުރާނީވެސް މަޑުން ޖަވާބުދިނީމައެވެ. ކުށެއް ނުކުރާތީ އެކަން ޘާބިތުކޮށްދޭން އަނެކާއަށްވުރެ ބާރަށް ވާހަކަ ދެއްކޭނަމަ އެހެދެނީ މާބޮޑު ގޯހެކެވެ. އެއީވެސް އިތުރަށް މައްސަލަ ހޫނުވާނެ ކަމެކެވެ. 

އަނގައިން ނުބުނެ މަޑުން ހުރުމުން ފައިދާކޮށްފާނެ ޙާލަތެއްވެސް ބުނެލާނަމެވެ. އެއީ އަނެކާގެ ކުށެއް ތަކުރާރުކޮށް ފަޅާއަރައިގެން މާފަށް އެދުމުންނެވެ. އެޙާލަތުގައި މާފުކޮށްފިންކަމަށް އެހާފަސޭހައިން ބުނުން ރަނގަޅެއް ނޫނެވެ. ތިއަކަމަށް ވިސްނާނެ ކަމަށް ބުނުމުން އަނެކާއަށް ކުރާ އަސަރު މާބޮޑުވާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން