ތިމާއާއި ތިމާގެ މައިންބަފައިންނަށާ އަދި އަންނަން އޮތް ތިމާގެ ދަރިފަސްކޮޅަށްޓަކައިވެސް ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ތިމާއާއި ތިމާގެ މައިންބަފައިންނަށާ އަދި އަންނަން އޮތް ތިމާގެ ދަރިފަސްކޮޅަށްޓަކައިވެސް ކުރަން އޮތް ދުޢާއެއް!

އަހުރެމެން ސުވަރުގެ ވަންނަން މަސައްކަތްކުރަންވީ އެކަންޏެއް ނޫނެވެ. އަނބިދަރިންނާއި ޢާއިލާވެސް ގޮވައިގެންނެވެ. އެކަމަށް މަސައްކަތްކުރުމުގައި އުހުމާލުވެއްޖެނަމަ އެމީހަކާއި ﷲ ތަޢާލާ ސުވާލުކުރައްވަވާނެތެވެ.  

ކަންމިހެން އޮތުމުން ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަންކަމުގެ ތެރޭގައި ތިމާއާއި މައިންބަފައިންނަށް ހެޔޮ ރަޙްމަތް ލެއްވެވުން ހިމެނެއެވެ. އަދި ދަރިންނަކީ ޞާލިޙް ދަރިންކަމުގައިވުން ހިމެނެއެވެ.  

މާދަމާޢަކީވެސް ހުކުރު ދުވަހެކެވެ. ހުކުރު ދުވަހުގައި ދުޢާ ޢިޖާބަކުރައްވަވާ ވަޤުތުކޮޅެއްވެއެވެ. ގިނަ ޢިލްމްވެރިން ބަޔާންކުރައްވަވަނީ އެވަޤުތުކޮޅުވަނީ ޢަޞްރުނަމާދުވަގުތުން ފެށިގެން އިރުއޮއްސުމާއި ދެމެދުގައި ކަމަށެވެ. ވީމާ އެވަގުތުކޮޅުގައި އެމީހަކު ބޭނުންވާ ކަންކަމަށް އެދި ދުޢާކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.  

އެވަޤުތުގައި ދުޢާކުރެވިއްޖެނަމަ ވަގުތުން ޢިޖާބަކުރައްވަވާނެތެވެ. އިން ޝާ ﷲ

(رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ ) الأحقاف : 15  

"އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާއަށާ މިއަޅާގެ މައިންބަފައިންނަށް ދެއްވި ނިޢުމަތަށް ޝުކުރުވެރިވުމަށާއި އަދި އިބަރަސްކަލާނގެ ރުހިވޮޑިގެންވާ ހެޔޮޢަމަލުކުރުމަށް މިއަޅާއާ އެހީތެރިވެ ވޮޑިގަންނަވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު އިޞްލާޙު ކޮށްދެއްވާނދޭވެ!

ހަމަކަށަވަރުން މިއަޅާ އިބަރަސްކަލާނގެ ޙަޟުރަތަށް ތަޢުބާ ވެއްޖެއީމެވެ. އަދި މިއަޅާވަނީ މުސްލިމުންގެ ތެރެއިންނެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން