ނުރަނގަޅު މީހުންނަށްވެސް ނިކަމެތިބަސް ނުބުނާށެވެ! ކޮންމެ މީހަކީވެސް ބަދަލުވެދާނެ މީހެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ނުރަނގަޅު މީހުންނަށްވެސް ނިކަމެތިބަސް ނުބުނާށެވެ! ކޮންމެ މީހަކީވެސް ބަދަލުވެދާނެ މީހެކެވެ!

އެއްވެސް މީހެއްގެ ހިތަކީ ބަދަލުނުވާނެ ހިތެއް ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. މާނައަކީ ކިތަންމެ ގިނަ ފާފަތަކެއް ކުރަމުން އަންނަ މީހަކަށްވެސް ތެދުމަގު ދެއްކެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އަދި ނުރަނގަޅު ސިފަތައް ހުންނަ މީހުންނަށވެސްމެއެވެ.  

އެންމެ ބޮޑެތި ފާފަތައް ކުރުމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ އެތައް ބައަކު އިސްލާމްވެ އިސްލާމް ދީނަށްޓަކައި ހަނގުރާމަކޮށް ޝަހީދުވެގެން ގޮސްފައިވާކަމާއި އެފަދަ އެތައް ބައަކު އިސްލާމްވެ އިސްލާމް ދީން މަތިވެރިކުރަން އަގުހުރި ޚިދުމަތްތަކެއް ކޮށްފައިވާކަން އިސްލާމީ ތާރީޚުން އެނގެން އެބައޮތެވެ. އެކަން މިއަދުވެސް ދަނީ ތަކުރާރުވަމުންނެވެ.  

ވީމާ އެއްވެސް މީހަކާއި ދިމާއަށް އޭނާއަކީ ދުވަހަކުވެސް އިޞްލާޙްނުވާނެ މީހަކުކަމަށް ނުބުނާށެވެ. އެއިގެ ބަދަލުގައި އެފަދަ މީހުންނަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރާށެވެ. އެފަދަ މީހުންނަށް ހެޔޮނަޞޭޙަތްދީ ވިސްނައިދޭން މަސައްކަތްކުރާށެވެ.  

މީގެ އިތުރުންވެސް ކަމެއް ފާހަގަކޮށްލާނަމެވެ. މީހުންނާއި ދިމާއަށް އޭނާއަކީ އިޞްލާޙްނުވާނެ މީހަކުކަމަށް ބުނުމަކީ އެގޮތުގައި ދެމިހުރުމަށް ދެވޭ ހިތްވަރެކެވެ. އެއިގެ ބަދަލުގައި އިޞްލާޙްވެ ހެޔޮލަފާ މީހަކަށްވެވޭނެ ކަމަށް ބުނެ ހެޔޮ ނަޞޭޙަތްދިނުމަކީ އިބްލާހްވުމަށް ހިތްވަރު ލިބޭނެ ކަމެކެވެ. އިން ޝާ ﷲ  

ތައުބާވެ އިޞްލާޙްވާން މަސައްކަތްކުރާ ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އެކަމަށް މަގުދައްކަވާނެތެވެ. އިން ޝާ ﷲ. ބޭނުންވާނީ އިޚްލާޞްތެރިކަމެވެ. ހިތްވަރެވެ. ކިތަންމެ ގިނަފަހަރު ތައުބާވާންޖެހުނަސް ތައުބާވުމުން ﷲ ތަޢާލާ އެމީހެއްގެ ތައުބާ ޤަބޫލުފުޅު ކުރައްވަވަނީ އެސަބަބަށްޓަކައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން