ގިނަ ބައަކަށް ޛިކުރުތައް ކިޔެނީ ކީކަމަށް ނުވާނެ ގޮތަށް! އަވަހަށް އިޞްލާޙްކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ގިނަ ބައަކަށް ޛިކުރުތައް ކިޔެނީ ކީކަމަށް ނުވާނެ ގޮތަށް! އަވަހަށް އިޞްލާޙްކޮށްލަމާ!

ކޮންމެ މީހަކުވެސް ހެޔޮ ޢަމަލުތައް ކުރާނީ ޘަވާބުލިބުން އެދިގެންނެވެ. އެހެންކަމުން ކުރާ އަޅުކަމުގެ ފައިދާ އެންމެ ބޮޑަށް ތިމާއަށް ލިބޭނެ ގޮތަށް ސަމާލުކަންދީގެން ކުރަން މަސައްކަތްކުރަން އެބަޖެހެއެވެ.  

އެގޮތުން ޛިކުރުކުރަން އިންނައިރު ދުނިޔަވީ ކަންކަމަށް ވިސްނައިގެން އިނދެ ޛިކުރުތައް ކިޔާނަމަ އެއީ ޛިކުރުކުރުމަކަށް ނުވާނެކަން ޤުރްއާނުން އެނގެން އެބައޮތެވެ. ވީމާ ޛިކުރުތައް ކިޔަންވާނީ ކިޔާ އެއްޗަކަށް ވިސްނައިގެންނެވެ. އެންމެ ރަނގަޅު ގޮތަކީ މާނައަށް ވިސްނައިގެން ކިޔުމުންނެވެ. އެންމެ ކުޑަމިނުން ކިޔާ އެއްޗަކަށް ވިސްނައިގެން ކިޔުމުންނެވެ.  

ޛިކުރުކުރަން އިންނައިރު ތިމާގެ ވަށައިގެން ހިނގާ ކަންކަމަށް ނުވިސްނާށެވެ. އެއީވެސް ސަމާލުކަން ގެއްލޭނެ ކަމެކެވެ. އަދި ޛިކުރުކުރަން އިންނަ މީހާގެ ސަމާލުކަން ގެއްލޭނެ ފަދަ ކަންކަންވެސް ނުކުރާށެވެ.  

ޛިކުރުކުރާނަމަ މީހާގެ ހިތް ﷲ ތަޢާލާއަށް ޚާލިޞްކޮށް، ﷲ ތަޢާލާގެ ކަންކަމަށް ވިސްނައި އަދި މިކިޔާ އެއްޗެއްގެ މާނައަށް ވިސްނަން ޢިލްމުވެރިން ބަޔާންކުރައްވަވަނީ މި ސަބަބަށްޓަކައެވެ. 

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!   

( وَلَا تُطِعْ مَنْ أَغْفَلْنَا قَلْبَهُ عَن ذِكْرِنَا وَاتَّبَعَ هَوَاهُ  وَكَانَ أَمْرُهُ فُرُطًا  )

"އަދި ތިމަންރަސްކަލާނގެ ހަނދުމަކުރުމުން، އެމީހެއްގެ ހިތް غافل ކުރައްވައި، އަދި އެމީހެއްގެ އަމިއްލަ އެދުމަށް تبع ވެ، އަދި އެމީހެއްގެ ކަންތައް (ނުބައިކަމުގައި) ހައްދުފަހަނަޅައިފައިވާ މީހަކަށް، ކަލޭގެފާނު ކިޔަމަންވެ ވަޑައިނުގަންނަވާށެވެ!" 

މި އާޔަތުން ދޭހަވަނީ ﷲ ޛިކްރުކުރާ ހިނދުގައި ހަމައެކަނި ދުލުކޮޅުން ޛިކްރު ތައް ކިޔާލުމުގެ ބަދަލުގައި އެކިޔޭ އެއްޗަކާއި މެދުގައި އެމީހަކު ވިސްނަންވާނެ ކަމެވެ. ނޫންނަމަ، އެކަމުން އެމީހަކަށް ލިބެންވާ ބަރަކާތާއި ޘަވާބު ނުލިބޭނެ ކަމެވެ.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

 

 

 

މިއަދު އޮންލައިން