ތަނަވަސްކަން ހުރީތީ މަޝްހޫރުވާން ދަރިންނަށްވުރެ ޒުވާން ކުދިންނާ ކައިވެނިކުރީމާ ގިނައީ އެންމެ ނިކަމެތި ޙާލުގަ އުޅެންޖެހޭ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
ތަނަވަސްކަން ހުރީތީ މަޝްހޫރުވާން ދަރިންނަށްވުރެ ޒުވާން ކުދިންނާ ކައިވެނިކުރީމާ ގިނައީ އެންމެ ނިކަމެތި ޙާލުގަ އުޅެންޖެހޭ މީހުން!

ތަނަވަސްކަން ހުންނަ ބައެއް މީހުން އެމީހުންގެ ދަރިންނަށްވުރެވެސް ހަގު ކުދިންނާ ކައިވެނިކުރަނީ ކީއްވެ؟  

މިސުވާލަށް ބުނެވެން އޮތީ ސަބަބު އެނގޭނީ އެކަންކުރާ މީހަކަށެވެ. ލޮލަށް ފެންނަނީ ނިކަމެތިކަން ލިބިގެންދާކަމެވެ. އެކަން މެދުވެރިވާ ގޮތް ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ.  

ތަނަވަސްކަން ހުރެމެ އުފާވެރި ދިރިއުޅުމެއް ހޯދުމުގެ ބޭނުމުގައި ސަލާންޖަހާ މީހުންނަށް ބަދަލުވާ ބައަކު އުޅޭވާހަކަ ދެއްކީމާ ބައެއް މީހުން އެކަމަށް ޙައިރާންވެދާނެއެވެ. ނަމަވެސް އެއީ ޙައިރާންވާންޖެހެންވީ ކަމެއް ނޫނެވެ. އެއީ ހިނގަމުން އަންނަ ކަމެކެވެ. މިކިޔައިދެނީ އެކަން މެދުވެރިވާ ގޮތެވެ.

ކޮނަމެ މީހަކުވެސް ކައިވެނިކުރާނީ އުފާވެރިކަން ހޯދުމުގެ ބޭނުމުގައެވެ. އެގޮތުން ތަނަވަސްކަން ހުންނަ މީހުންވެސް ކައިވެނިކުރާނީ ހަމަ އުފާވެރިކަން ހޯދުމަށެވެ. އެއީ އެއްވެސް މިނަވަރަކަށް ޝައްކުކުރަންޖެހެންވީ ކަމެއް ނޫނެވެ.  

އެކަމަކު ތިމާއަށްވުރެ އެތައް ގިނަ އަހަރުތަކެއް ހަގު މީހަކާއި ކައިވެނިކޮށްފިނަމަ އޮޓޮމެޓިކުން އެމީހަކު ބަދަލުވަނީ ސަލާންޖަހާ މީހަކަށެވެ. ޒުވާން ބައިވެރިޔާގެ ކިބައިން ކޮންމެ ކަމަކަށް ބޭނުންވިނަމަވެސް ޖެހޭނީ ސަލާންޖަހަންޖެހޭ މީހުން ވަރަށް ގިނައެވެ. ގިނަ ބައަކަށް ޖެހެނީ  ލޯބިވެދިނުން އެދިގެންވެސް ޖެހޭނީ ސަލާންޖަހާށެވެ. މީގެ އިތުރުން ޒުވާން ބައިވެރިޔާ އެދޭހައި ކަމެއް ކޮށްދޭންވެސް ޖެހެއެވެ. ބުނާއިރަށް ވަޤުތުންވެސް ކޮށްދޭންޖެހެއެވެ.  

އެހެންވީމާ މީހާއަށް މިވެވެނީ ކޮންކަހަލަ މީހަކަށް ހެއްޔެވެ؟ މިކުރެވެނީ ކޮންކަމެއް ހެއްޔެވެ؟ ބުރަމަސައްކަތުން އެއްކުރި ފައިސާ އެހެން މީހެއްގެ އުފަލަށް ޚަރަދުކުރަމުން ތިމާގެ އަމިއްލަ އުފަލަށް އެދެން ސަލާންޖަހާ މީހަކަށް ވެވެނީ ނޫންހެއްޔެވެ؟  

ޢުމުރުން ދުވަސްވެފައި ތިބޭ މީހުން އެމީހުންގެ އެންމެ ހަގުދަރިފުޅަށްވުރެވެސް މާ ޒުވާން ކުދިންނާއި ކައިވެނިކުރަން ބޭނުންވެގެން މަޝްވަރާ ހޯދަން އައުމުންނާއި އެފަދަ ކައިވެނިތަކުގައި މަސައްލަ ޖެހުމުން މަޝްވަރާ ހޯދަން އައުމުން މިވާހަކަތައް އެމީހުންނަށް ކިޔައިދެމެވެ.  

އެމީހުން ބުނަނީ ޒުވާން ބައިވެރިއަކު ހުރުމުން ލިބޭ ހިތްހަމަޖެހުން ބޮޑުވަނީ ކަމަށެވެ. އެއީ ތެދަކަށްވެސް ވެދާނެއެވެ. ނަމަވެސް އަހުރެންގެ ސުވާލަކީ އެކަމުން ލިބޭ ހިތްހަމަޖެހުމާއި، ފައިދާއެއް ނެތް ގޮތުގައި (ކޮންމެ ކަމަކަށް ސަލާންޖަހަން ޖެހޭތީ) އަތުން ޚަރަދުވާ ފައިސާ އާއި ސިކުނޑިއަށް އުފުލަންޖެހޭ ބުރައާއި މިކަންކަން މިނެކިރައިލީމައިވެސް ލިބޭ ހިތްހަމަޖެހުން ހަމަ ބޮޑުވަނީހެއްޔެވެ؟ ބޮޑުވާނެ ކަމަކަށް އަހުރެންނަކަށް ހަމަ ޤަބޫލެއް ނުކުރެވެއެވެ.  

ކޮންމެއަކަސް ޢުމުރުގެ ތަފާތު ބޮޑުކޮށް ކުރާ ކައިވެނިތަކުގެ ތެރެއިން މިބުނިފަދަ މައްސަލަތައް ކުރިމަތިނުވަނީ ސަތޭކައަކުން އެންމެ ކައިވެންޏެއްހައި މަދުންނެވެ. ވީމާ މިކަންކަމަށް ވިސްނައިލުން ކީއްހެއްޔެވެ؟

 

- މަޢުލޫމާތު: ތަޖުރިބާކާރަކު ލިޔެފައިވާ ރިޕޯޓަކުން 

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން