ހުސްވަޤުތުކޮޅުގެ ބޭނުން މިމަގުން ހިފާމީހެއްގެ ފާފަފުއްސަވައި ސުވަރުގެ ވައްދަވާނެތެވެ! ދުނިޔޭގައިވެސް އެމީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުސްވަޤުތުކޮޅުގެ ބޭނުން މިމަގުން ހިފާމީހެއްގެ ފާފަފުއްސަވައި ސުވަރުގެ ވައްދަވާނެތެވެ! ދުނިޔޭގައިވެސް އެމީހެއްގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

ކިތަންމެ ކުޑަ ނަމަވެސް ހުސްވަޤުތުކޮޅެއް ލިބިއްޖެނަމަ އެންމެ ހެޔޮ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރާށެވެ! މިސާލަކަށް ބުނާނަމަ މަސައްކަތްކުރަން އިނދެފައި ވަރުބަލިވެގެން ނުވަތަ ފޫހިވެގެން ނުވަތަ އެހެން ކަމެއް ދިމާވެގެން ނަމަވެސް މަސައްކަތް މަޑުޖައްސައިލާނަމަ އެއީ ލިބޭ ހުސްވަޤުތުކޮޅެކެވެ. 

އެފަދަ ޙާލަތްތަކުގައި ފުރަތަމަ ކަމަކަށް ކިތަންމެ މަދުޢަދަދަކަށް ނަމަވެސް ކޮންމެވެސް ޛިކުރެއްކިޔައިލާށެވެ. މިޘާލަކަށް 10 ވަރަކަށް ފަހަރު ނަމަވެސް ސުބްހާނަﷲ ފަދަ ޛިކުރެއްވެސް ކިޔައިލެވިދާނެއެވެ. އެވަރަށް ކިޔަން އުނދަގޫނަމަ 3 ފަހަރު ނަމަވެސް ކިޔައިލާށެވެ!

މިގޮތުން އަސްތަޣްފިރުﷲ ވެސް ކިޔައިލެވިދާނެއެވެ. ބޭނުންވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޘަވާބުލިބިގަތުމެވެ.

މިއީވެސް ދޫމައްޗަށް ފަސޭހަވެގެންވާ އެހައިމެ މަތިވެރިކަން ބޮޑު ޛިކުރެކެވެ. 

لا حَوْلَ وَلا قُوَّةَ إِلا بِالله 

- ސަޙީހުލް ބުޚާރީ ގައި ވެއެވެ. މިދުޢާ އަކީ ސުވަރުގޭގެ ޙަޒާނާއެކެވެ. 

މިބުނިމަގުން ވިސްނައިގެން މަސައްކަތްކުރާ މީހަކަށް ކޮންމެ ދުވަހަކު އެއްވެސް ބުރައަކަށްނުވެ އެތައްބައިވަރުފަހަރު ޛިކުރުކުރެވޭނެއެވެ. އެކަމުގެ ސަބަބުން އެމީހެއްގެ ފާފަފަތައް ފުއްސަވައި ދެއްވަވައި ދަރަޖަ މަތިވެރިކުރައްވަވައިދެއްވަވާނެތެވެ. އަދި އެމީހަކު އެދޭކަންކަންވެސް ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން