ސިޙުރާ އެސްފީނާއަކީ ހަށިގަނޑުގަ ލެވޭ ތޮށިގަނޑެއް! ސަލާމަތްވެވޭނީ ބަޤަރާސޫރަތް ކިޔެވުންމަތީ ދެމިހުރެގެން!

ކިޔުމަށް ހޭދަވާނީ 1މ 17ސ
ސިޙުރާ އެސްފީނާއަކީ ހަށިގަނޑުގަ ލެވޭ ތޮށިގަނޑެއް! ސަލާމަތްވެވޭނީ ބަޤަރާސޫރަތް ކިޔެވުންމަތީ ދެމިހުރެގެން!

ޢާއިޝަތު ރަފާޙް ޢަލީ

 

ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމުން ކުރާ ފައިދާތަކުގެ ތެރޭގައި ސިޙުރުންނާއި ޙަސަދައިން ސަލާމަތްވެވުން ހިމެނެއެވެ. އަދި ބަޤަރާސޫރަތް ސިޙުރާއި ޙަސަދައިގެ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވެއެވެ. އަދި އެކަމުގައި ވަރަށް ގިނަ ފައިދާތައްވެސް އެކުލެވިފައިވެއެވެ.  

މީހެއްގެ ގައިގައި އެސްފީނާ، ސިޙުރު ނުވަތަ ޙަސަދައިގެ އުނދަގުލެއް ހުއްޓަސް ކޮންމެ ދުވަހަކު ޤަވާޢިދުން ބަޤަރާ ސޫރަތް ކިޔަވާނަމަ ޝައިޡާނާއަކަށް އޭނާގެ މައްޗަށް ގަދަވެނުގަނެވޭނެއެވެ.

އިބްނުލްޤައްޔިމް ވިދާޅުވެފައިވެއެވެ. އެސްފިނާ އާއި ހަސަދަވެރިކަމަކީ (އެކަންޖެހޭ) މީހާގެ ހަށިގަނޑުގައި ލެވިފައިހުންނަ ތޮށިގަނޑެއްފަދަ އެއްޗެކެވެ. އަލްބަޤަރާ ސޫރަތާއި އަލްމުޢައްވިދާ (އިޚްލާޞް، ފަލަޤް، އައްނާސް) ސޫރަތް ތަކުރާރުކޮށްގެން މެނުވީ އެ އެއްޗެއް ނައްތާނުލެވޭނެ، ފޮހެނުލެވި، ޙިމާޔަތް ނުކުރެވޭ ހުއްޓެވެ. 

އެހެންކަމުން ސިޙުރާއި އެސްފީނާއިން ސަލާމަތްވުމަށްޓަކައި ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމުގައި ދެމިހުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

· ރިޒްޤު އިތުރުވެގެންދޭ.: 

ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމުގެ ފައިދާތަކުގެ ތެރެއިން ރިޒްޤު އިތުރުވުން ހިމެނެއެވެ. އެގޮތުން ﷲ ތަޢާލާގެ އިރާދަފުޅާއެކު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް ގެއަށާއި އެމީހާގެ އަހްލުންނަށް ބަރަކާތް ލައްވާ ރިޒްޤު އިތުރުކޮށްދެއްވައެވެ. މީގެ އިތުރުން ބަޤަރާ ސޫރަތް ކިޔެވުމާއެކު އިސްތިޣްފާރުކުރުން މަތީގައި ދެމިހުރުމަކީ ވެސް ކަންކަން ޙާސިލްވުމަށް އޮތް ސަބަބެކެވެ. އެހެންކަމުން ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމުގައި ދެމިހުރެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. .

 

 

މިއަދު އޮންލައިން