އާދަކޮށްގެން ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔަވާ މީހުންނަށް ލިބޭ ބައެއް ފައިދާތައް-

ކިޔުމަށް ހޭދަވާނީ 5މ 38ސ
އާދަކޮށްގެން ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔަވާ މީހުންނަށް ލިބޭ ބައެއް ފައިދާތައް-

ޢާއިޝަތު ރަފާޙް ޢަލީ

 

މި ލިޔުމުގައި އަޅުގަނޑު ފާހަގަ ކޮށްމިލަނީ ބަޤަރާ ސޫރަތް ކޮންމެ ދުވަހަކު ކިޔެވުމުން ލިބޭ ފައިދާތަކެވެ. 

1.    ބަރަކާތް ލިބުމުގެ ސަބަބަކަށް ވެގެންދޭ :

2.    ބަލިތަކަށް ޝިފާލިބޭ

3.    3 ސިޙުރާ އެސްފީނާއިން ސަލާމަތްކަން ލިބޭ 

މި ސޫރަތް ކިޔެވުމުގެ މަތިވެރިކަމާއި ބެހޭގޮތުން ވަރަށް ގިނަ ޙަދީޘުފުޅުތައް އައިސްފައިވެއެވެ. އަދި ކީރިތި ޤުރްއާނުގެ އެހެން ސޫރަތްތަކާއި ޚިލާފަށް މި ސޫރަތުގައި ވަރަށް މަތިވެރި އާޔަތެއްވެއެވެ. އެއާޔަތަކީ ބަޤަރާ ސޫރަތުގެ 255 ވަނަ އާޔަތް ކަމުގައިވާ އާޔަތުލް ކުރުސިއެވެ. މިއާޔަތް ކިޔަވައިގެން ހުންނަ މީހަކު ނުބައި ކަންކަމުން ރައްކާތެރިކޮށްދެއެވެ. 

اللَّهُ لَا إِلَٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾‏ 

މާނައީ:" اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائم ވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ. (255)" 

މީގެ އިތުރުން ބަޤަރާ ސޫރަތުގެ މާތްކަމާއި ބެހޭގޮތުން ރަސޫލާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. 

اقْرَءُوا سُورَةَ الْبَقَرَةِ فَإِنَّ أَخْذَهَا بَرَكَةٌ وَتَرْكَهَا حَسْرَةٌ وَلاَ تَسْتَطِيعُهَا الْبَطَلَةُ

“ތިޔަބައިމީހުން ސޫރަތުލް ބަޤަރާ ކިޔަވާ ހުށިކަމެވެ. ފަހެ ހަމަކަށަވަރުން އެ ސޫރަތް ކިޔެވުން އެއީ ބަރަކާތްތެރިކަމެވެ. އަދި އެ ސޫރަތް ނުކިޔަވައި ދޫކޮށްލުން އެއީ ހިތާމަ ހުރި ކަމެކެވެ. އަދި އެ ސޫރަތް ކިޔަވައި މީހެއްގެ މައްޗަށް ސިހުރުވެރިންނަށް ބާރުލިބިގެން ނުވެއެވެ." 

އެގޮތުން ބަޤަރާ ސޫރަތް ގިނައިން ކިޔަވާ މީހުން ބުނެފައިވާ ގޮތުގައި އެމީހުންގެ ޙަޔާތައް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. އެގޮތުން އެމީހުންގެ: 

§      ޞިއްޙަތުގައި ބަރަކާތް ލައްވާ، ނުބައި ބަލިތަކުން ސަލާމަތް ކޮށްދެއްވަވާ

§      އެމީހުންގެ ޢަމަލުގައި ބަރަކާތް ލައްވާ

§      ވަޤުތުގައި ބަރަކާތް ލައްވާ

§      ގޭގައި ބަރަކާތް ލައްވާ 

ބައެއް މީހުން ބަލިތަކަށް ޝިފާ ހޯދުމަށް ބަޤަރާ ސޫރަތް ކިޔަވައެވެ. އެގޮތުން ކޮންމެ ދުވަހަކު ބަޤަރާ ސޫރަތް ކިޔަވާ، އެ ސޫރަތުގެ އާޔަތްތަކުގެ މާނައަށް ވިސްނާ ތަދައްބުރު ކުރާ މީހުންނަށް، އެމީހުންގެ ހިތްތަކަށް ހަމަޖެހުން ލިބި އުފާވެރިކަން ލިބުމުގެ ސަބަބަކަށް ވެގެންދެއެވެ. އަދި ބަލިތަކަށް ޝިފާ ލިބުމަށް އެހީވެދެއެވެ. އަދި މިސޫރަތް ކިޔެވުމުގައި ދެމިހުންނަ މީހަކަށް ބޭކާރު ވިސްނުންތަކާއި، ހާސްކަމުން ދުރުވެ، އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރާޙަތް ލިބިގެންދެއެވެ.

 

 

 

މިއަދު އޮންލައިން