ހުކުރަށް ވަޑައިގަންނަވާ ބޭފުޅުން، އިމާމް ޚުޠުބާ ވިދާޅުވަން ފެށްޓެވުމުން ވާހަކަ ދެއްކުމަކީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާކުރައްވަވާފައިވާ ކަމެކެވެ. އެކަން ނުކުރާށެވެ! ކަނުލައި ޚުޠުބާ އަޑުއަހާށެވެ!
އެކަން މަނާކުރައްވަވާފައިވާ މިންވަރުގެ ބޮޑުކަން އެނގޭހެއްޔެވެ؟ ޙަދީޘްފުޅުގައި އޮތީ އިމާމް ޚުޠުބާ ފެށްޓެވުމުން ވާހަކަދައްކާ މީހެއްގެ ގާތުގައި ވާހަކަ ނުދައްކަން ބުނުންވެސް ހިމެނިގެންދާނީ ވާހަކަދެއްކުން ކަމަށެވެ. ވީމާ ޚުޠުބާ ކިޔަން ފެށުމުން އެއްވެސް މީހަކު ވާހަކަދެއްކުން ހުއްދަ ނުވާނެއެވެ.
"ހުކުރަށް ވަޑައިގަންނަވާ ބޭފުޅުން، ޚުތުބާ ގަޑީ ވާހަކަ ދެއްކުމަކީ މަނާކަމެއް! ޢާންމުކޮށް މިކަން ފެންނަނީ މިސްކިތު ބޭރުގައި ތިއްބަވާ ބޭފުޅުންގެ ފަރާތުން! އިސްލާޙްކޮށްލައްވާ!"
- ޝައިޚް ޢަލީ ޒައިދު
Abu Hurayrah (may Allah be pleased with him) reported that the Prophet (may Allah's peace and blessings be upon him) said:
"If you said to your companion: 'Be quiet and listen' on Friday while the Imām is delivering the sermon, then you would be guilty of idle talk."
Sahih/Authentic. - [Al-Bukhari and Muslim]