ދީނުގަ އަންގަވާފައިވާ ކަމަކާއި ގުޅިގެން ހިތްހަމަނުޖެހުމުގެ ބަހެއް ބުނުމަކީވެސް އެންމެ ބޮޑު ފާފައެއް! ދީނާމެދު ބަސްބުނަންވާނީ ވަރަށް ބޮޑަށް ވިސްނައިގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދީނުގަ އަންގަވާފައިވާ ކަމަކާއި ގުޅިގެން ހިތްހަމަނުޖެހުމުގެ ބަހެއް ބުނުމަކީވެސް އެންމެ ބޮޑު ފާފައެއް! ދީނާމެދު ބަސްބުނަންވާނީ ވަރަށް ބޮޑަށް ވިސްނައިގެން!

ބައެއް މީހުން ދީނުގެ ވާހަކަ ދައްކަނީ ނުއެނގިތިބެއެވެ. އެއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ދީނުގައި އޮތް އެއްވެސް ކަމަކާއިމެދު ހިތުގައި ކިތަންމެ ކުޑަ ނަމަވެސް ޝައްކެއް އުފެދިއްޖެނަމަ އެނގޭ މީހުންގެ ގާތުން އަހައި އޮޅުންފިލުވާށެވެ. އޮޅުން ނުފިލުވައި ތިބެ ދީނުގެ ކަންކަމަށް ފުރައްސާރަކުރުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން އެނގޭހެއްޔެވެ؟  

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ.  

ﷲ ތައާލާ ޙަރާމް ކުރައްވަވާފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް ޖަރީމާއެކެވެ. އެހެންކަމާއިއެކުވެސް އެންމެ ބޮޑު ޖަރީމާއަކީ އިސްލާމް ދީނަށާއި ރަސޫލް () އަށް ފުރައްސާރަކުރުމެވެ.  

ﷲ ތަޢާލާ ޙަރާމްކުރެއްވެވި ކޮންމެ ކަމެއް ކުރުމަކީވެސް ޖަރީމާއެކެވެ. އެކަންކަން ނުކުރުމަށް އަބަދުވެސް މިގެންދަނީ ގޮވާލަމުންނެވެ. އެހެންކަމާއިއެކުވެސް އިސްލާމް ދީނަށާއި ރަސޫލް () އަށް ފުރައްސާރަކުރުމަކީ މިފަދަ ޙަރާމް ކަންކަން ކުރުމާއި އަޅައިވެސް ނުކިޔޭނެ މާބޮޑު ޖަރީމާއެކެވެ. އެކި ޖަރީމާގައި ނުބައިކަން ހުރީ އެކި ވަރަށެވެ. ނުއެނގުމަށް އޮތް ޙައްލަކީ އުނގެނި ދަސްކުރުމެވެ." 

ނަމަވެސް މިއަދު މިފެންނަނީ ސަމާސާޢަކަށްހަދައިގެންވެސް ﷲ ތަޢާލާ އަށާއި އެކަލާނގެ ދީނަށް އަދި ރަސޫލް އަށް ފުރައްސާރަކުރާތނެވެ. ހަޖޫޖަހާތަނެވެ. އެމީހުންނަށް އެގޮތަށް ކަންކަން ކުރެވެނީ ނުިއެނގިތިބެ ކަމަށްވެދާނެވެ. މިވެނިކަމެއް ޙަރާމްވި ސަބަބާއިމެދު ސުވާލު އުފައްދާތަނެވެ. މިއީ އުފެއްދޭނެ ސުވާލެއް ނޫނެވެ. އެފަދަ ބަހެއް ބުނުމަކީވެސް ކުރެވޭ ބޮޑު ފާފައެކެވެ.  

އިސްލާމް ދީނަށާއި ރަސޫލް () އަށް ފުރައްސާރަކުރުމަކީ އެހެން އެއްވެސް ފާފައަކާއި އަޅައިވެސް ނުކިޔޭނެ މާބޮޑު ޖަރީމާއެކެވެ. އެހެނީ އެކަންކަމަކީ މީސްތަކުން އިސްލާމް ދީނުން ބޭރުކުރަން ކުރެވޭ މަސައްކަތަކަށްވެފައި އެކަމުގެ ފާފަ ބޮޑުކަމުންނެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަސްކުރުން

 

 

 

މިއަދު އޮންލައިން