ދުނިޔޭގައި ހުރި ހުރިހާ މުޞްޙަފްތައް އެކުގައި ނެތުނަސް އަޞްލާ އެއްގޮތަށް ޤުރްއާން ދެމިއޮންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ދުނިޔޭގައި ހުރި ހުރިހާ މުޞްޙަފްތައް އެކުގައި ނެތުނަސް އަޞްލާ އެއްގޮތަށް ޤުރްއާން ދެމިއޮންނާނެ!

ޤުރްއާނަށް ބަދަލުގެންނަން އެކި ގޮތްގޮތުން އަބަދުވެސް މަސައްކަތްކުރެއެވެ. ސިއްރުންވެސް މަސައްކަތްކުރެއެވެ. ފައުޅުގައިވެސް މަސައްކަތްކުރެއެވެ. ނަމަވެސް އެއީ ޙާޞިލުކުރެވޭނެ ކަމެއް ނޫނެވެ. އެކަން ނުކުރެވޭނެ ކަމުގެ ޔަޤީންކަން ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ.  

ޤުރްއާނުގައިވާ ޙުކުމްތަކަށް ޢަމަލުކުރުމާއި ނުކުރުމަކީ މުޅިން ތަފާތު ކަމެކެވެ. ޢަމަލުނުކުރާ ބައަކު ނުކުރަނީ ޤުރްޢާނަށް އެއްވެސް ބަދަލެއް އައިސްގެނެއް ނޫނެވެ. އެމީހެއްގެ ހުރި ނުބައިކަމުންނެވެ. ޖާހިލުކަން ބޮޑުކަމުންނެވެ.  

އަހުރެންނަށް ޤުރްއާނުގެ ވާހަކަދެއްކޭލެއް ގިނަކަމުން ބައެއް މީހުން އަހުރެންނަށް ނިޞްބަތްކޮށް "ކަލޭގެ ޤުރްއާން" ކަމަށް ބުނެއެވެ. އަހުރެން ބުނަމެވެ. އާނއެކެވެ! އަހުރެންގެވެސް ޤުރްއާނެވެ! ކަލޭގެވެސް ޤުރްޢާނެވެ! އެކަން ކަލެއަށް ޤަބޫލުނުކުރެވުމަކީ އަހުރެންގެ މައްސަލައެއް ނޫނެވެ. އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ކަލެއާއި ކަލެޢާއިއެކުގައިވާ ޝައިޠޯނުންނެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ދުނިޔޭގައި އޮތް އެންމެ ދުވަސްވީ މުޞްހަފް އޮތީ ކޮންތަނެއްގައި ހެއްޔެވެ؟

ބާމިންހަމް ޔުނިވާސިޓީގައެވެ.

ބާމިންހަމް ޔުނިވާސިޓީ އަނދައިފިނަމަ ފޮތުގެ އަޞްލް ގެއްލުނީއެވެ. ދެންވެސް ޤުރްއާން ޤަބޫލުކުރާނަން ހެއްޔެވެ؟  

ޤަބޫލް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި ތިބި އެތައް މިލިއަން ހިތްތަކުގައި ޤުރްއާން އެއޮތީ އެއިގެ އަޞްލާއިއ އެއްގޮތަށެވެ. އެންމެ އަކުރަކަށް އަދި ފިއްޔަކަށްވެސް ބަދަލެއް އައުމެއް ނެތި އެވެ. އެއިގެ ތެޜޭގައި ކުޑަކުދިންވެސް ހިމެނެއެވެ.  

ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާން އުނގެނެން ފަސޭހަކުރައްވަވައި ދެއްވަވައިފައެވެ. ހިތުދަސްކުރަން މަސައްކަތްކުރާ ބައަކަށް އެކަން ފަސޭހަވެގެންދަނީ އެހެންވެގެންނެވެ.  

ޤުރްއާން ހިމާޔަތްކުރައްވަވައި ރައްކައުތެރިކުރައްވަވާނެ ކަމަށް ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ. ތިއަ ގެންގުޅޭ ތޯރާ އާ ބައިބަލްއިން ﷲ ތަޢާލާގެ މިފަދަ އެންމެ ބަސްފުޅެއްވެސް ނިކަން ދައްކައިބަލާށެވެ. 

އަޚާއެވެ! ޤުރްޢާން ޤަބޫލުނުކޮށް އަދި ޤުރްއާނަށް ޢަމަލުނުކޮށް ތިބާއަށް އުލެވިދާނެއެވެ. އެއީ ﷲ ތަޢާލާ ތިބާއަށް އެކަމަށް އިޚްތިޔާރު ދެއްވަވާފައިވާތީއެވެ. ނަމަވެސް ތިބާއަށް އަދި އެކަކަށްވެސް ނުކުރެވޭނެ އެއްކަމެއް އެބައޮތެވެ. އެއީ ޤުރްއާން ބަދަލުކުރުމެވެ. މުޞްހަފްގައިވާ އެއްވެސް ލިޔުމަކަށް ބަދަލު ގެނައުމެވެ.  

އަދިވެސް ބުނަމެވެ. ޤުރްޢާނުގައިވާ އެއްވެސް ކަމަކީ ދޮގެއްކަން ޘާބިތުކޮށެއް ނުދެވޭނެއެވެ.  

މުޅި ދުނިޔެއަށް ގޮންޖަހައި ބުނަމެވެ. އެކަމެއް ނުކުރެވޭނެއެވެ. ކުރެވޭނެނަމަ 1450 އަހަރުވަންދެން އެކަމަށް ކުރި މަސައްކަތުން އޮންނާނީ އެކަން ކުރެވިފައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން