ރަސޫލް ޞޢޥ އެބައަކަށްޓަކައި ފަޚުރުވެރިވެވަޑައިގެންނެވި މީހުން މިހާރުވެސް ދުނިޔޭގަ ތިބޭނެ! ތިބާ ހިމެނޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ރަސޫލް ޞޢޥ އެބައަކަށްޓަކައި ފަޚުރުވެރިވެވަޑައިގެންނެވި މީހުން މިހާރުވެސް ދުނިޔޭގަ ތިބޭނެ! ތިބާ ހިމެނޭނެތަ؟

ދައްޖާލު ފައުޅުވާއިއރުވެސް ﷲ ތަޢާލާއަށް ކިޔަމްނަތެރި ބައަކު ތިބޭނެއެވެ. އެމީހުންގެ ޢަޒުމް ގުޑުވައެއް ނުލެވޭނެއެވެ. އެމީހުން ދައްޖާލަށް ބޮލެއް ނުލަނބާނެއެވެ. ބައަކު ކިތަންމެ ނުރުހުނަސް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ އަށާއި އިތުރުއެކަލޭގެފާނުގެ ސުންނަތަށް ލޯބިކުރާ މީހުން އިތުރުވުމެއް ނުހުއްޓުވޭނެއެވެ. މިއިން ޤަރުނެއްގައިވެސް އެއީ ވާނެ ކަމެއް ނޫނެވެ! އިން ޝާ ﷲ. 

"ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން ތެރެއިން ތިމަންކަލޭގެފާނުގެ ދެކެ އެންމެ ބޮޑަށް ލޯބިވާނެ ބައަކު، ތިމަންކަލޭގެފާނަށްފަހު އަންނާނެއެވެ. އެބައިމީހުންގެ އަނބިދަރީންނާއި މުދައު ޤުރުބާންކޮށްފައި ވިޔަސް، ތިމަންކަލޭގެފާނު ދެކުމަށް އެބައިމީހުން އެދޭނެއެވެ. "

މުސްލިމްގެ ރިވާޔަތެއް (2832) 

ރަސޫލް () އަށް ނުކިޔަމަންތެރިވުމާއި ފުރައްސާރަކުރުމާއި ހަޖޫ ޖެހުމަކީ އެކަލޭގެފާނުގެ ޙަޔާތްޕުޅުން ފެށިގެން ހިނގަމުން އަންނަ ކަމެކެވެ. އުފާވެރިކަން ލިބެނީ އެކަންކަން ކުރުމާއިއެކުގައިވެސް ރަސޫލް () އަށް ލޯބިކުރާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނާތީއެވެ. އިތުރު އެކަލޭގެފާނުގެ ސުންނަތަށް ތަބާވާ މީހުން ގިނަވަމުން އަންނާތީއެވެ. 

ވީމާ ކޮންމެ ނުބައި ޢަމަލެއް ކޮށްފައިވެސް ފަހުޒަމާންކަމަށް ބުނުމަކުން ނުފުދޭނެކަން މި ޙަދިޘްފުޅުން އެނގިގެންދެއެވެ. ޙަދީޘްފުޅުގައި އެވާފަދަ މީހުން ހަމަ މިޒަމާނުގައިވެސް ތިބޭނެތީއެވެ. ސުވާލަކީ ތިމާޢަކީ އެފަދަ މީހަކުހެއްޔެވެ؟ ސުވާލުގެ ޖަވާބު އެނގޭނީ އެމީހަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން