ގިނަ ބައެއްގެ ކައިވެނި ރޫޅެންމެދުވެރިވާ ސަބަބަކީ ބޭވަފާތެރިވުމާ ފައިސާގެ ދަތިކަމެއް ނޫން! ޙަޤީޤީ ސަބަބަށް ގިނަ ބައަކު ނުވެސް ވިސްނާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ގިނަ ބައެއްގެ ކައިވެނި ރޫޅެންމެދުވެރިވާ ސަބަބަކީ ބޭވަފާތެރިވުމާ ފައިސާގެ ދަތިކަމެއް ނޫން! ޙަޤީޤީ ސަބަބަށް ގިނަ ބައަކު ނުވެސް ވިސްނާ!

ގިނަ ބައަކަށް ވިސްނިފައި އޮތް ކައިވެނި ރޫޅުން ގިނަވަމުން މިދަނީ ބޭވަފާތެރިވުމާއި ފައިސާގެ މައްސަލަތަކުން ކަމަށެވެ. ނަމަވެސް އަހުރެންގެ ވިސްނުމުން ސަބަބަކީ އެކަންކަމެއް ނޫނެވެ. އެހެންވެ އަހުރެންގެ ވިސްނުން ހާމަކޮށްލާނަމެވެ.  

އަހުރެންގެ ވިސްނުމުން ބުނާނަމަ ސަބަބަކީ ކައިވެނީގެ ތެރެއިން ތިމާ ޙާޞިލުކުރަން ބޭނުންވާ ކަންކަން ޙާޞިލުކުރެވިދާނެ ކަމަށް ނުވިސްނައި ކައިވެނިކުރާތީއެވެ. އެކަމަށް ދެމީހުންގެ މެދުގައި މަޝްވަރާނުކުރެވޭތީއެވެ. ބައިވެރިޔާގެ ކިބައިން ތިމާގެ ލަނޑުދަނޑިތައް ޙާޞިލުކުރެވިދާނެ ކަމަށް ނުވިސްނައި ކައިވެނިކުރާތީއެވެ.  

ނަތީޖާއަކަށްވަނީ ތިމާ ޙާޞިލުކުރަން ބޭނުންވެގެން ހުރި ކަންކަން އެހެން މީހަކަށް ޙާޞިލުކުރެވޭތަން ފެނުމުން ކުރާއަސަރުބޮޑުވަނީއެވެ. ބައިވެރިޔާގެމަތިން ފޫހިވަނީއެވެ. އެކުގައި ދިރިއުޅެގެން ތިމާއަށް އުފާވެރިކަން ލިބިދާނެކަމާއިމެދު ޝައްކުއުފެދެނީއެވެ. ނުވަތަ ޙާޞިލު ނުކުރެވިދާނެކަމަށް ޤަބޫލުކުރެވެނީއެވެ.  

ވީމާ އަހުރެންގެ ނަޞީޙަތަކީ ކައިވެނިކޮށްގެން ތިބި މީހުންވެސް އަވަހަށް ދެމަފިރިންގެ މެދުގައި މިބުނި ކަންކަމަށް މަޝްވަރާކުރާށެވެ. އަވަހަށް ގޮތް ނިންމާށެވެ. ހަމައެކަނި ލޯބިވުމަކީ އެކުގައި ދިރިއުޅެވޭނެ ސަބަބެއް ނޫނެވެ. ލޯތްބަށް ބާރުލިބެން އެބަޖެހެއެވެ. އެބާރުލިބޭނީ ޒަވާޖީ ޙަޔާތުގެ ތެރެއިން އެމީހަކު ޙާޞިލުކުރަން ބޭނުންވާ ކަންކަން ކުރެވޭނަމައެވެ. ދެމަފިރިންވެސް މިބުނި މަގުން ވިސްނައިގެން ކުރިއަށްދާން މަސައްކަތްކުރާނަމަ ދިރިއުޅުން ކާމިޔާބުކުރެވޭނެއެވެ. އިން ޝާ ﷲ

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން