އަހުރެންގެ މަންމައަކީ އާރތަރައިޓިސްގެ އުނދަގޫ ވަރަށް ބޮޑަށް ހުންނަ ޢުމުރުން 70 އަހަރުގެ އަންހެނެކެވެ. ކަނައަތުން މުށްބާރުކޮށްވެސް ނުލެވެއެވެ. ކުޑަހުޅާއި އިނގިލީގެ ހުޅުތަކުގައި ރިއްސާވަރުންނެވެ.
ފަތިހު ކަސްރަތަށް ހިނގަން ނުކުމެ އުޅެނިކޮށް މަންމައާއި ދާދި އެއްހަމައެއްގައި ހިނގަމުންދިއަ މަންމައާއި ދާދިއެއްޢުމުރުގެ އަންހެނަކު އަރިއަޅާލައިގެން ވެއްޓެންދާތަން ފެނުމުން އޭނާ ވެއްޓުނަ ނުދޭން މަންމަ އޭނާގެ އަތުގައި ހިފަހައްޓަން މަސައްކަތްކުރިއެވެ. އެކަން ކާމިޔާބުވެސްވިއެވެ. މަޑުމަޑުން ތެދުކުރެވުނެވެ.
އެއީ ސަބަބުކަމަށް ބުނަނީއެއް ނޫނެވެ. މަންމަގެ އަތުގެ ކުޑަހުޅާއި އިނގިލީގެ ހުޅުތަކުގައި މިހާރު އެވަރަކަށް ނުރިއްސައެވެ. މުށްބާރުކޮށް އަމިއްލަ ކަންކަން ކުރެވެއެވެ. ސަމުސަލުގައި ހިފައިގެން ކައިވެސް ހަދައެވެ. 5 އަހަރަށް ފަހުގައެވެ. އަދިވެސް މިބުނަނީއެއް ސަބަބެއް ނުއެނގެއެވެ. ނަމަވެސް މަންމައަށް ވަނީ މިބުނި ގޮތަށް ލުއި ލިބިފައެވެ.
މިއަދުނޫހަކީ މިބާވަތުގެ ވާހަކަތައް ކިޔުންތެރިންނަށް ގެނެސްދޭ ނޫހަކަށްވާތީ މިއަދުނޫސް މެދުވެރިކޮށް ކިޔުންތެރިންނަށް ޙިއްޞާކޮށްލަން ބޭނުންވީއެވެ. ބުނެލަން ބޭނުންވަނީ ކޮންމެ ޙާލެއްގައި ހުރެގެން ނަމަވެސް އެހެން މީހަކަށް އެހީތެރިވާން މަސައްކަތްކުރާށެވެ. ލައްވަވާނެ ރަޙްމަތް ނުވެސް އެނގޭނެއެވެ.
- މައިމޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް