ރަމަޟާން މަސް ފެށެން އަތްނުލައި ދެން އޮތީ އެންމެ މަހެއް! އެންމެ ފައިދާހުރި ގޮތުގަ ޤުރްއާން ކިޔަވަން ތައްޔާރުވަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރަމަޟާން މަސް ފެށެން އަތްނުލައި ދެން އޮތީ އެންމެ މަހެއް! އެންމެ ފައިދާހުރި ގޮތުގަ ޤުރްއާން ކިޔަވަން ތައްޔާރުވަމާ!

އަންނަން އޮތް ރަމަޟާން މަހާއި ދެމެދު އަތްނުލައި މިހާރު އޮތީ އެންމެ މަހެއްހައި ދުވަހެވެ. ވީމާ ދާދި އަވަހަށް މިއަހަރުގެ ރަމަޟާންމަސްވެސް އަހުރެމެންނާއި ބައްދަލުކުރާނެއެވެ. އަހުރެމެން ދުނިޔޭގައި ނެތަސް ތިބިބައަކާއި ބައްދަލުކުރާނެއެވެ. ވީމާ މިހާރުންސުރެ ވިސްނަންޖެހޭ ކަމެއް ކުރިއާލައި މިއަހަރުވެސް ހަނދާންކޮށްލައިދޭނަމެވެ.  

ރަމަޟާން މަސް ފެށުމާއިއެކު ގިނަ ބައަކު ޤުރްއާންކިޔެވުން ގިނަކުރެއެވެ. ޤުރްޢާން ޢާންމުކޮށް ކިޔަވާ ގިނަ ބައަކު ކޮންމެ 10 ދުވަހަކުން ޚަޠިމެއް ކުރެއެވެ. އެއިގެ މާނައަކީ މަސްނިމޭއިރު 3 ޚަޠިމް ކުރެވުމެވެ. އެކަން ކުރެވުމުން އެމީހުން ހީކުރަނީ އެމީހުންނަށް އޭރިޕޯޓެއް ޙާޞިލްކުރެވުނީ ކަމަށެވެ. 

އަހުރެން ބުނާނީ އެވަރަކުން އަދި އޭރިޕޯޓެއް ޙާޞިލް ނުކުރެވޭނެ ކަމަށެވެ. އޭރިޕޯޓެއް ޙާޞިލްކުރެވޭނީ ކިޔެވިކިޔެވުމުން ތިމާއަށް ފައިދާއެއް ކުރިނަމައެވެ. ކަންތައްތަކެއް އެނގުނު ނަމައެވެ. ދިރިއުޅުމަށް ބަދަލުތަކެއް ގެނެވުނުނަމައެވެ. ތަޤްވާވެރިކަން އިތުރުކުރެވުނު ނަމައެވެ. އެހެން ނޫންނަމަ އޭރިޕޯޓެއް ލިބުނު ކަމަކަށް ނުވާނެއެވެ.  

މިބަޔާންކުރި ކަންކަން ޙާޞިލްކުރެވޭނީ މާނަ ކިޔައިގެންނެވެ. ތަފްސީރުވެސް ކިޔައިގެންނެވެ.  

ކީރިތި ޤުރްއާނަކީ އަހުރެމެންނަށް ހިދާޔަތުގެ މަގުދައްކައިދޭ އެންމެ އަލިގަދަ ދަންމަރެވެ. ވީމާ މިބުނި މަގުން ޤުރްއާން ކިޔަވާށެވެ. އަދި ހިދާޔަތު ދައްކަވައިދެއްވެވުން އެދިގެން ދުޢާކުރާށެވެ. އެމީހަކަށް ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- ޑރ. ޝައިޚާ ހައިފާ ޔޫނިސްގެ ދަރުސަކުން 

މިއަދު އޮންލައިން