ރިޒުޤް އިތުރުވުމަށް އެދޭމީހާ ނިކަން މިކަންކަމަށް ސަމާލުކަންދީގެން މަސައްކަތްކޮށްބަލަ! ހީވެސް ނުކުރެވޭހާ ގިނަ މަގުތަކުން ރިޒުޤް ލިބެން ފަށާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރިޒުޤް އިތުރުވުމަށް އެދޭމީހާ ނިކަން މިކަންކަމަށް ސަމާލުކަންދީގެން މަސައްކަތްކޮށްބަލަ! ހީވެސް ނުކުރެވޭހާ ގިނަ މަގުތަކުން ރިޒުޤް ލިބެން ފަށާނެ! އިން ޝާ ﷲ

އަޅުގަނޑު ދިރިއުޅެން މަސައްކަތްކުރަމެވެ. އެކަމަކު އަބަދުވެސް އުލެންޖެހެނީ ބޭނުންތައް ނުފުދިގެންނެވެ. ޙާލަތު ބަދަލުވުން އެދި ކުރެވިދާނެ ކަމެއް ބުނެދީބަލަ! 

ތިރީގައި މިގެނެސްދެނީ ތިބާ ސަމާލުކަންދޭންވީ ކަންކަމެވެ. ޢަމަލުކުރަން މަސައްކަތްކުރާށެވެ! ތަފާތު ފެންނާނެއެވެ. އިން ޝާ ﷲ 

ތަނަވަސްކަން ބޭނުން ނުވާނެ ހަމައެކަކުވެސް މަޑުން ނުހުންނާނެއެވެ. ތަނަވަސްކަން އިތުރުވާން ބޭނުން ނުވާނެ މީހަކުވެސް ނުހުންނާނެއެވެ. ވީމާ މިބަޔާންކުރަނީ ތަނަވަސްކަން އިތުރުވުމަށް އެދޭ މީހާ ކުރަން ޤުރްއާނުން ދަލީލުލިބޭ 8 ކަމެކެވެ. 

1 ތިމާއަށް މިހާރުވެސް ދެއްވަވާ/ ދެއްވަވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުން

2 ކޮންމެ ދުވަހަކުވެސް އިސްތިޣްފާރުކުރުމާ އިސްތިޣްފާރުކުރުން ގިނަކުރުން

3 ރިޒުޤް ތަނަވަސްކޮށްދެއްވެވުން އެދި ދުޢާކުރުން

4 ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ޞަދަޤާތް ކުރުމާއި ޞަދަޤާތްކުރެވޭނެ އެއްޗެއް އަތުގައި ނެތްނަމަ މީހަކަށް ކަމެއްކޮށްދީގެން ނަމަވެސް އެހީތެރިވުން

5 ރޭއަޅުކަންކުރުން

6 ޙަރާމް ކަންތައްތަކަށް އަރައިނުގަނެހުރުން

7 ޙަލާލް ތަކެތި ކައިބޮއިހެދުން

8 ރަޙިމުގެ ގުޅުން ދެމެހެއްޓުން 

ރިޒުޤް ދެއްވަވަނީ ﷲ ތަޢާލާއެވެ. މަދުން ދެއްވަވަނީވެސް އަދި ގިނަކުރައްވަވަނީވެސް ހަމަ ﷲ ތަޢާލާއެވެ. އަހުރެމެންނަށް އޮތީ ﷲ ތަޢާލާ އަންގަވާފައިވާ މަގުން ގަދައަޅައި މަސައްކަތްކުރުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން