ފިރިމީހާގެ މައްސަލައެއްގަ އަނބިމިހާ ވަރިއަށް އެދިއްޖެނަމަ މައްސަލަ ޙައްލުކޮށް އެކުގަ ދިރިއުޅުމުގެ ނިޔަތްނެތި ވަރިނުކޮށް ހިފެހެއްޓުމަކީ ދެވޭ އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ފިރިމީހާގެ މައްސަލައެއްގަ އަނބިމިހާ ވަރިއަށް އެދިއްޖެނަމަ މައްސަލަ ޙައްލުކޮށް އެކުގަ ދިރިއުޅުމުގެ ނިޔަތްނެތި ވަރިނުކޮށް ހިފެހެއްޓުމަކީ ދެވޭ އަނިޔާއެއް!

އަޅުގަނޑުގެ ފިރިމީހާ ބޭވަފާތެރިވާކަން ފަޅާއެރުމުން ޒުވާބުނުކޮށް އެކަން ހުއްޓާލަން ނުވަތަ ރިވެތި ގޮތުގައި ވަރިކުރަން އެދުނީމެވެ. އެކަމަކު އެމެއް ހުއްޓައެއް ނުލިއެވެ. ވަރިއެއްވެސް ނުކުރިއެވެ. މިއީ ދެވޭ އިތުރު އަނިޔާއަކަށް ނުވާނެތޯ؟  

ޖަވާބަކީ ތިއައީ ހަމަ ދެވޭ އަނިޔާއެކެވެ. އަނިޔާލިބެން ހުރުމެއްވެސް ނެތެވެ. ކިޔުންތެރިޔާއަށްވެސް ކޯޓަށް މައްސަލަ ހުށަހެޅޭނެއެވެ. ނަމަވެސް އެއިގެ ޖުރިން އިސްތިޚާރާކޮށްލުމަށް ނަޞީހަތްތެރިވަމެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ޒަވާޖީ ޙަޔާތުގައި މައްސަލަތައް ޖެހެމުންދާނަމަ ވަރިވާން ގިނައިން އެނދެނީ އަނބިންކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންވެ އެއީ ކީއްވެގެންތޯ ގިނަ ބައަކު ސުވާލުކުރެއެވެ. އެހެންވެ އެސުވާލަށް ޖަވާބެއް ހޯދަން އަހުރެން މަސައްކަތްކުރީމެވެ.  

އަހުރެން ކުރި މަސައްކަތުން އެނގުނު ކަމަކީ ގިނަ އަންހެނުން ފުރަތަމަ ވަރީގެ ވާހަކަ ދައްކަނީ ނުވަތަ ވަރިއަށް އެދެނީ ވަރިވާން ބޭނުންވެގެން ނޫންކަމެވެ. ވަރިއަށް އެދެނީ ފިރިމީހާ ޢަމަލުކުރާ ގޮތެއް ބަލައިލަން ކަމެވެ.  

ވަރިއަށް އެދޭއިރަށް ވަރިކުރުމުން އަންގައިދެނީ ވަރިކުރަން ބޭނުންވެގެން ފިރިމީހާ ހުރިކަމެވެ. ނޫންނަމަ އެދޭއިރަށް ވަރިއެއް ނުކުރާނެއެވެ. މައްސަލަ ޙައްލުކޮށް އެކުގައި ދިރިއުޅެން މަސައްކަތްކުރާނެއެވެ.  

އެގޮތަށް ފިރިމީހާ މަސައްކަތްކުރުމުން އަނބިމީހާއަށް އޭނާ ދެކެ ފިރިމީހާ ލޯބިވާކަމުގެ ޔަޤީންކަން ބޮޑުވެގެންދާނެއެވެ. ފިރިމީހާއަށް ކުށެއް ކުރެވިފައިވީނަމަވެސް މާފުކުރަންވެސް ފަސޭހަވެގެންދާނެއެވެ.  

ދެން ފިރިންނަށް ބުނެލަން އޮތީ ފިރިމީހާއަށް ކުރެވުނު ކުށަކާއި ގުޅިގެން އަނބިމީހާ ވަރިއަށް އެދިއްޖެނަމަ ވަރިނުކޮށް ހިފަހައްޓަންވާނީ ކުރެވުނު ކުށް ޤަބޫލުކޮށް އެކުށް ތަކުރާރުނުކުރުމުގެ ނިޔަތް އޮތްނަމައެވެ. އެހެން ނޫންނަމަ ހިފަހައްޓަން މަސައްކަތް ނުކުރާށެވެ. އެއިރުން ވާނީ އަނބިމީހާއަށް ދެވޭ އިތުރު އަނިޔާއަކަށެވެ.

 

- މިއީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ޙައްލުކުރަން އެހީތެރިވެދޭ މީހަކު ބުނެފައިވާ ވާހަކައެކެވެ.  

- އަލަފް / މިއަދުނޫސް  

މިއަދު އޮންލައިން