އަނބިމީހާއަށް ހެޔޮކޮށްހިތާ މީހަކަށް ﷲ ތަޢާލާ އެކަމުގެ ބަދަލު އެންމެ ހެޔޮގޮތުގަ ދެއްވަވާނެ! އަނިޔާވެރިވާ މީހަކަށް އޮތީ އެއިގެ އިދިކޮޅު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އަނބިމީހާއަށް ހެޔޮކޮށްހިތާ މީހަކަށް ﷲ ތަޢާލާ އެކަމުގެ ބަދަލު އެންމެ ހެޔޮގޮތުގަ ދެއްވަވާނެ! އަނިޔާވެރިވާ މީހަކަށް އޮތީ އެއިގެ އިދިކޮޅު!: މުފްތީ މެންކް

އަނބިންނަށް ހެޔޮކޮށް ހިތުމުގެ ވާހަކަ ދެއްކޭލެއް ގިނަކަމުން ބައެއް މީހުންނަށް ވިސްނެނީ އެއުޅެނީ އަންހެނުންނަށް ރަނގަޅު ގޮތްތައް ހޯދައިދޭންވެގެންކަމަށެވެ. ނަމަވެސް މިވާހަކަ މިހާގިނައިން މިދައްކަނީ ފިރިހެނުންނަށް ރަނގަޅުގޮތް ހޯދައިދޭށެވެ. އަނބިންނަށް ހެޔޮކޮށްހިތީމާ ﷲ ތަޢާލާ ލައްވަވާ ބޮޑު ރަޙްމަތް ފިރިންނަށް ހޯދައިދޭށެވެ.  

ވިސްނާށެވެ! އަނބިމީހާ އޭނާގެ ގެދޮރާއި މައިންބަފައިން ދޫކޮށްލައި ތިބާގެ ގާތަށް އަންނަނީ ތިބާއަށް އިތުބާރުކޮށްފައެވެ. ތިބާ ކަންކަން ކުރާނެ ގޮތް ނުވެސް އެނގިހުރެ ހަމައެކަނި ތިބާއަކީ ހެޔޮލަފާ ފިރިއަކަށްވާނެ ކަމުގެ އުންމީދުގައެވެ. މައިންބަފައިންގެ ކިބައިން ލިބެމުންއައި އެހީތެރިކަން ދޫކޮށްލައި ތިބާގެ ގާތަށް އަންނަނީ ތިބާއަށް ބޭނުންވާ ކަންކަން ކޮށްދީ ތިބާއަށް ޚިދުމަތްކުރާށެވެ.  

ދެން ނިކަން ބުނެބަލާށެވެ! އެއަނބިމީހާއަށް އިހާނެތިކޮށް ކަންކަން ކުރަން ހެޔޮވެދާނެހެއްޔެވެ؟ ދެރަކޮށް ހިތުގައި ޖައްސުވަން ހެޔޮވެދާނެ ހެއްޔެވެ؟ 

އަނބިމީހާއަށް ހެޔޮކޮށްހިތާށެވެ! ލޯބިދީ އަޅާލައި އެހީތެރިވާށެވެ! ރައްކައުތެރިކަންދީ ޙިމާޔަތްކުރާށެވެ! ﷲ ތަޢާލާގެ ޙަޟްރަތުން ތިމާއަށް އެކަންކަން ލިބުމަށް އެދޭފަދައިންނެވެ. އަނބިމީހާއަކީ ހަމައެކަނި ބައިވެރިޔާއެއް ނޫނެވެ. ﷲ ތަޢާލާ ތިބާ އާއި ޙަވާލުކުރައްވަވާފައިވާ ބޮޑު އަމާނާތެކެވެ. ވީމާ އަނބިމީހާއަށް މިބުނިމަގުން ހެޔޮކޮށް ހިތާމީހަކަށް އެއިގެ ބަދަލު ﷲ ތަޢާލާ ދެއްވަވާނެތެވެ! އަނިޔާވެރިވާ މީހާއަށް އޮތީ އެއިގެ އިދިކޮޅެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން