އައްޑޫ ސިޓީ ހިތަދޫ ބަނދަރު ސަރަހައްދުން މަސްވެރިންނަށް މިހާރު ފެން ލިބޭނެ ކަމަށް އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅުވެއްޖެއެވެ.
ޔަސްރިފް ވިދާޅުވި ގޮތުގައި ބަނދަރުން ފެންލިބުނު ނަމަވެސް، އެ ފެން ބޯން އަދި ކަމުނުދާނެއެވެ. އެހެނަސް އެއްޗެހި ދޮވުމާއި ފެންވެރުމަށް ކަމުދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން، މިދުވަސްވަރު މަސްވެރިންނަށް ފެންލިބޭނީ ހިލޭ ކަމަށް ވެސް ޔަސްރިފް ވިދާޅުވިއެވެ.
ހިތަދޫ ބަނދަރު ސަރަހައްދުގައި ހުރި އިސްކުރުތަކަށް ފެން ދިނުމުގެ އިތުރަށް އެރަށު ފަތާ ޓްރެކް ކައިރީގައި ހަދައިފައިވާ ޝަވަރަށް ވެސް މިހާރު ވަނީ ފެން ދޫކޮށްފައެވެ. މަސްވެރިންނަށް ފެންލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އައްޑޫސިޓީ ހިތަދޫ ބަނދަރުގައި ވަނީ 8 އިސްކުރު ބަހައްޓައިފައެވެ.