ރޭއަޅުގަމުގެ 2 ރަކްޢަތް ނަމަވެސް ކުރާނަމަ ދުވަހުގެ މަސައްކަތްތައް ކުރަން ފަސޭހަވުމަށް މަގުފަހިވުމުގެ އިތުރުން ކަންބޮޑުވުންތަކުން ސަލާމަތްވެގެން ހުރެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ރޭއަޅުގަމުގެ 2 ރަކްޢަތް ނަމަވެސް ކުރާނަމަ ދުވަހުގެ މަސައްކަތްތައް ކުރަން ފަސޭހަވުމަށް މަގުފަހިވުމުގެ އިތުރުން ކަންބޮޑުވުންތަކުން ސަލާމަތްވެގެން ހުރެވޭނެ! އިން ޝާ ﷲ

 

މުޅި ދުނިޔެއަށް ބެލި ނަމަވެސް ހާސްވާންޖެހުމާއި ކަންބޮޑުވާންޖެހުމުގެ މައްސަލައެއް ކުރިމަތިވެފައި ނެތް މީހަކު ވަރަށް މަދުވާނެއެވެ. އެކަންކަން ކޮންމެވެސް މިންވަރަކަށް ނެތް މީހަކު ހުރުމަކީ ވަރަށް ނާދިރު ކަމެކެވެ. ނަމަވެސް އެކި މީހުންނަށް އެކަންކަން ހުންނާނީ އެކި މިންވަރަށެވެ. އެކިކަންކަމާއި ގުޅިގެންނެވެ.

އަހަރެމެންނަށް އޮތީ އެކަންކަމުން ސަލާމަތްވެ ހުރުމަށް މަސައްކަތް ކުރުމެވެ. އެގޮތުން މިފާހަގަކޮށްލަނީ އެކަމަށް އޮތް އެންމެ ޔަޤީން މަގެވެ. އެންމެ ޔަޤީންކަން ބޮޑު ފަރުވާއެވެ. މިފަރުވާ ހޯދަން އެއްވެސް ޑޮކްޓަރެއްގެ އަދި އެހެންވެސް މީހެއްގެ އެއްވެސް އެހީތެރިކަމަކަށް ބޭނުމެއް ނުވެއެވެ.  

ކޮށްލަން އޮތް ކަމަކީ ރޭގަނޑުގެ ފަހުބައިގައި ނިދީން ހޭލައި ވުޟޫކޮށްލައިގެން ރޭއަޅުކަން ކުރުމެވެ. އެންމެ 2 ރަކްޢަތް ނަމަވެސް ކޮށްލާށެވެ. އެއަށްފަހު ޛިކުރުކުރަން ވަގުތުކޮޅެއް ހޭދަކޮށްލާށެވެ! ބޭނުންވާ ކަންކަމަށް އެދި ދުޢާކުރާށެވެ!

ދަމުނަމާދުކޮށް ޛިކުރުކޮށް ދުޢާކުރާ މީހުންނަށް ކުރިމަތިވެފައިވާ މުޞީބާތްތަކުން ސަލާމަތްކޮށް ދެއްވަވާނެތެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަންބޮޑު ނަމާދެވެ. އެންމެ ލޮބުވެތިކަންބޮޑުނަމާދެވެ. އެނަމާދަށް ފަރުވާތެރިވާށެވެ.  

އަދިކީއްހެއްޔެވެ؟ ދަމުނަމާދުކުރުމަކީ އެމީހަކު ދުވާލުކުރަންޖެހޭ މަސައްކަތްތައް ކުރަންވެސް ފަސޭހަކަން ލިބިގެންދާ ނަމާދެކެވެ. އެއީ އެމީހާއަށް ހެޔޮ ގޮތްތައް ﷲ ތަޢާލާ މިނންވަރުކުރައްވަވާނެތީއެވެ. އިން ޝާ ﷲ  

ހިތަށް ގެންނާށެވެ. ދަމުނަމާދަކީ އެނަމާދުކުރުމުގެ ސަބަބުން ތިމާ އާއި ﷲ ތަޢާލާ އާއި ދެމެދު އެންމެ ބޮޑަށް ގުޅުން އުފެދިގެންދާ ނަމާދުކަމެވެ. އެމީހަކާ ﷲ ތަޢާލާ އާއިދެމެދު ގުޅުން އުފެދިއްޖެ ނަމަ އެމީހަކަށް އޮންނާނީ ކޮން ދަތިކަމެއް ހެއްޔެވެ؟ ވީމާ މިފަދަ ސަބަބުތަކަށްޓަކައިވެސް ހީވާގިވެލައި ދަމުނަމާދުކުރަމުން ގެންދާށެވެ!

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން