ފިރިހެނުން ހުދުކުލައިން ފޭރާންލުމަށް ލޯބިކުރަންވީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ފިރިހެނުން ހުދުކުލައިން ފޭރާންލުމަށް ލޯބިކުރަންވީ ކީއްވެ؟

ކީރިތި ރަސޫލާ (ﷺ) އެންމެ ލޯބިފުޅު ކުރެއްވެވި ކުލައަކީ ކޮބައިތޯ ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.  

ޖަވާބަކީ ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ކީރިތި ރަސޫލާ (ﷺ) ހެދުންކޮޅު ތުރުކުރެއްވެވުމުގައި އެންމެ ބޮޑަށް ލޯބިފުޅު ކުރެއްވެވީ ހުދުކުލައަށެވެ. އަދި މައްޔިތުންވެސް ހުދުކުލައިގެ ފޭރާމުން ކަފުން ކުރުމަށް އަމުރުފުޅު ކުރެއްވެވިއެވެ. މީގެ އިތުރުން ހުކުރަށްދާންވެސް ހުދުކުލައިން ހެދުންލުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ.  

ހުދުކުލައަކީ ހުރިހާ ގޮތަކުންވެސް މުސްލިމުންނާއި ވަރަށް ބޮޑަށް ގުޅިފައިވާ ކުލައެކެވެ. ޙައްޖާއި ޢުމްރާގައި ފިރިހެނުން ބޭނުންކުރަނީ ހުދުކުލައިގެ ފޮށައެވެ. ހުދުހެދުމުގައި ހުކުރަށް ދިއުމަކީ ސުންނަތެކެވެ. އަދި މަރުވުމުން އަންހެނުންވެސް އަދި ފިރިހެނުންވެސް ކަފުންކުރަނީ ހުދުކުލައިގެ ފޭރާން (ކަފުން) ގައެވެ.  

ބައެއް ބޭކަލުން ވިދާޅުވެފައިވަނީ ސާފުހުދު ފޭރާމުގައި ތިއްބެވުމުން މަރުމަތިން ގިނައިން ހަނދުމަފުޅުވާކަމަށެވެ. އެއީ މައްޔިތާ ކަފުންކުރެވެނީ ހުދުފޮތިންކަމަށްވާތީއެވެ. ހަމައެއާއިއެކު ސާފުހުދު ފޭރާމުގައި ތިބުމަކީ ވަރަށް ސާފުތާހިރު މީހުންނަށް ކުރެވޭ ކަމެކެވެ.

މިއަދު އޮންލައިން