އަޅުގަނޑުމެން ދެމަފިރިން ދިރިއުޅެނީ ވަކިންނެވެ. 5 އަހަރުން ދަށުގެ 2 ދަރިން އެބަތިއްބެވެ. ކުދިންގެ ކިބައިން އެކިބާވަތުގެ އުނދަގޫތައް ކުރިމަތިވާތީ ނަމާދުކުރަން އުނދަގޫތައް ކުރިމަތިވެއެވެ. މިޙާލަތުގަ ޢަމަލުކުރާނީ ކިހިނެއްތޯ؟
ކިޔުންތެރިޔާއަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ކުދިދަރިން ގޮވައިގެން އެކަނި ދިރިއުޅުންޖެހިފައިވާ މައިންވެސް މާމައިންވެސް މަދެއް ނޫނެވެ. މާމައިންނަށް އެކަންޖެހެނީ ދަރިފުޅު އޮފީހަށް ފޮނުވާފައި ކުޑަދަރިފުޅު ބެލުމާއި މާމަ ޙަވާލުވާތީއެވެ. މީގެ އިތުރުން ކަންކަން ދިމާވާގޮތުން ފިރިމީހާއަށްވެސް ދަރިފުޅު ބަލަހައްޓަންޖެހި ގޭގައި ހުންނަންޖެހޭ ޙާލަތު މެދުވެރިވެއެވެ. އަނބިމީހާ ބަލިވުން، ނުވަތަ ތަނަކަށް ދާންޖެހުން ފަދަ ކަންކަން ކެދުވެރިވުމުންނެވެ.
ކިތަންމެ ދަތި ޙާލުގައި ނަމަވެސް ވަޤުތުފާއިތުވެގެންދާއިރު ނަމާދުނުކޮށް ހުރުމެއް ނެތެވެ. ވީމާ ކުޑަދަރިފުޅު ކޮނޑަށް ލައިގެން ނަމަވެސް ވަޤުތު ފާއިތުވުމުގެ ކުރިން ނަމާދުކުރައެބަޖެހެއެވެ.
އެހެނަކަމުން މިގެނެސްދެނީ މިއީ ސުންނަތުން ޘާބިތުވާ ރަނގަޅުގޮތްކަން ޝައިޚް މުޙައްމަދު ޝާފިޢު ބަޔާންކޮށްދެއްވާފައިވާ ވީޑިއޯއެކެވެ. ބައްލަވައިލައްވާށެވެ!
--ގުޅުންހުރި ވީޑިއޯ: