ބޮޑު ކަމެއް ދިމާވެއްޖެނަމަ ސަޖިދައިގައި އޮވެ ކިޔާ ޚާއްޞަ ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ބޮޑު ކަމެއް ދިމާވެއްޖެނަމަ ސަޖިދައިގައި އޮވެ ކިޔާ ޚާއްޞަ ދުޢާ!

"ބޮޑު ކަމެއް ދިމާވެއްޖެނަމަ ސަޖިދައިގައި އޮވެ ކިޔަން ޚާއްޞަ ދުޢާއެއް އޮވޭތޯ؟"

اللهُمَّ لا سَهْلَ إلا مَا جَعَلتَهُ سَهْلا وَ أنتَ تَجْعَلُ الحزْنَ إذا شِئْتَ سَهْلا

މި ދުޢާގެ މާނައީ "ހައްދަވައި ގެންގުޅުއްވަވާ އިލާހްއެވެ. އިނބަ ﷲ ފަސޭހަކޮށްދެއްވެވި ކަމެއް މެނުވީ ފަސޭހައެއް ނުވާނެއެވެ. އިނބަ ﷲ އިރާދަކުރައްވަވައިފި ނަމަ ދަތި އުނގަގޫ ކަންކަން ފަސޭހަކޮށްދެއްވަވައެވެ."

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

އަޅުގަނޑުމެން އެއްވެސް މީހަކަށް ކަމެއް ދިމާވާނީ އެނގިގެނެއްނޫނެވެ. އެހެންކަމުން އެކަމަށް ތައްޔާރަށް ހުންނަން އެބަޖެހެއެވެ. ތައްޔާރަށް ހުންނަން ކުރަންޖެހޭ ކަމަކީ އެކަމަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާ ކުރެވޭ ހާލަތުގައި ތިމާ ހުރުމެވެ.

މާނައަކީ އަބަދުވެސް ތައުބާވެ ހެޔޮ އަމަލުތައް ކުރުންމަތީގައި ހުންނަ މީހަކު ކަމުގައިވުމެވެ. ޙަލާލު ތަކެތި ކައި ބޮއި ހަދަމުން ގެންދިއުމެވެ. ހަރާމް ތަކެތީގެ ކިތަންމެ ކުޑަ މިންވަރެއް ނަމަވެސް ގޮހޮރުގައި ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނުޖެއްސުމެވެ. ހަމަ އެއްގޮތަކަށްވެސް ބޭނުން ނުކުރުމެވެ.

ހަމައެއާއިއެކު ނަމާދު ވަގުތުން ވަގުތަށް ކުރުމުގައި ދެމިހުރުމާއި ފަރުޟްތައް އަދާކުރުންމަތީގައި ސާބިތުވެހުރުމެވެ. ގިނަގިނައިން ތައުބާވާ މީހަކު ކަމުގައިވުމެވެ. ދުޢާ ކުރެވޭ ހާލަތުގައި މީހާގެ ހުރިހާ ކަންކަން އަބަދުވެސް ބަހައްޓަމުން ގެންދިއުމެވެ.

މިއަދު އޮންލައިން