ފިރިންނަށް ޝެއާކޮށްލައްވާ!: އަނބިމީހާއަށް ހެޔޮވެލައިގެން ތިބާއަށް ﷲ ގެ ރުހިވޮޑިގަތުން އިތުރުވެ އެންމެ މައްޗަށް ޖައްސާލަން މިއީ ރަނުގެ ފުރުޞަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފިރިންނަށް ޝެއާކޮށްލައްވާ!: އަނބިމީހާއަށް ހެޔޮވެލައިގެން ތިބާއަށް ﷲ ގެ ރުހިވޮޑިގަތުން އިތުރުވެ އެންމެ މައްޗަށް ޖައްސާލަން މިއީ ރަނުގެ ފުރުޞަތެއް!

 

އެއީ އަހުރެން ދަންނަ މީހެކެވެ. މަޣްރިބް ނަމާދަށް މިސްކިޔަށް ދިއަތަނުން ބައްދަލުވެގެން ބުނީ މެންދުރުން ފެށިގެން މިއިންނަނީ މިސްކިތުގައި ކަމަށެވެ. އަހުރެން ހިނިތުންވެލީމެވެ. އަދި ސުވާލެއްވެސް ކުޜިއެވެ. ދަރިންކޮޅު ގޮވައިގެން އަނބިމީހާ ގޭގައި އެއުޅެނީ އެކަނިދޯއެވެ. އޭނާއަށް އެހީތެރިވެދޭން ވަޤުތުކޮޅެއް ހޭދަނުކުރީ ކީއްވެގެން ހެއްޔެވެ؟  

ޖަވާބު ނުދިނުމުން ބުނީމެވެ. "ތިއަގޮތަށް ކަންތައް ނުކުރާށެވެ! ގެއަށްވެސް ދާށެވެ. އަނބިމީހާއަށް އެހީތެރިވެދޭށެވެ. އެއީވެސް ހަމަ ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ. މިފަދަ ރަމަމާން މަހެއްގައި އެކަނި ހުރިހާ މަސައްކަތެއްކުރަން އޭނާއަށް ކިހާބޮޑު ބުރއަކަސްވާނެ ހެއްޔެވެ؟"  

ލޮބުވެތި އެކުވެރިންނޭވެ! އަނބިމީހާއަށް އެންމެ ހެޔޮ މީހަކަށްވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކީ އެންމެ ހެޔޮކަން ބޮޑު މީހަކަށް ވެވެން އޮތް ސަބަބެއްކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަހުރެން ބުނާނީ މިއީ އެކަމަސް އޮތް ވަރަށް ޚާއްޞަ ފުރުޞަތެއް ކަމަށެވެ.  

މިސްކިތުގައި އިނދެގެން އަޅުކަންކުރަންވީއެވެ. އެކަމަކު އެއްވެސް މީހަކަށް އަބަދު މިސްކިތުގައި އިނުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ (އިޢްތިކާފަށް އިނުން ފިޔަވައި) އެކަން ކުރަން އޮތް ގޮތެއްވެސް ނޫނެވެ. ސަބަބަކީ ކޮންމެ މީހެއްގެވެސް ޢާއިލީ ޒިންމާތަކެއް ހުންނާނެތީއެވެ.  

މިއަދުން ފަށައިގެންވެސް ތިމާއަކީ އަނބިމީހާއަށް އެންމެ ހެޔޮ ފިރިއަކު ކަމަށްވުމަށް މަސައްކަތްކުރަން ފަށައިބަލާށެވެ! ރަމަޟާން މަސް ނިމެނެދެން ނިކަން ހިތްވަރުކޮށްބަލާށެވެ! ތިބާއަށް ވާނީ ﷲ ތަޢާލާގެ ޙަޟްރަތުން ރުހިވޮޑިގަތުން އިތުރުވެފައެވެ. ދެދުނިޔޭގެ ބާއްޖަވެރިކަމަށް މަގުފަހިވެފައެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން