މެންދުރުނަމާދުގެ ކުރިން ކުރަން އޮތީ ރަވާތިބް ސުންނަތުގެ ކިތައް ރަކްޢަތްތަ؟
އެހީއެއް:
ރަވާތިބް ސުންނަތުގެ 12 ރަކްޢަތުގެ ތެރޭގައި މެންދުރު ނަމާދުގެ ކުރިން ކުރާ 4 ރަކްޢަތާއި ފަހުން ކުރާ 2 ރަކްޢަތް ހިމެނިގެންވެއެވެ. ވީމާ މެންދުރުނަމާދުގެ ކުރިން ކުރަން އޮތީ 4 ރަކްޢަތެވެ.
އެހެންވެ މިހާރު މިސްކިތްތަކުގައި ވަނީ 4 ރަކްއަތް ކުރުމަށްޓަކައި ވަޤުތުވެސް އިތުރުކޮށްދީފައެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުން 2 ރަކްޢަތް ކުރުމަށްފަހު ދުޢާކުރަން ތިބެއެވެ. ރަނގަޅު ގޮތަކީ މިސްކިތުގައި ކުރިޔަސް އަދި އަންހެނުން ގޭގައި ކުރިޔަސް އިހުސުންނަތުގެ 4 ރަކްޢަތް ކުރުމެވެ.
ރޯދައަށް ހުރެގެންވެސް ގިނައިރު މަސައްކަތުގައި އުޅެންޖެހޭ މީހުން މަސައްކަތުގައި އުޅެމުންވެސް ޛިކުރުތައް ކިޔާނަމަ ދުވަސްނިމޭއިރު ވާނީ ވަރަށް ގިނަ ޢަދަދަކަށް ޛިކުރު ކިޔައިލެވިފައެވެ. އެކަމުގެ ފައިދާ ވަރަށް ބޮޑުވާނެއެވެ. އިން ޝާ ﷲ
ކޮންމެ ދުވަހަކުވެސް އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އިނާމުލިބުމަށް ހޮވޭ ކިޔުންތެރިއަކަށް ފޭސްބުކް މެސެންޖަރުން މެސެޖެއް ލިބިލައްވާނެއެވެ. މެސެޖް ލިބިލެއްވުމުން 7788020 އަށް ގުޅާލަދެއްވާށެވެ. ނޫނީ 7788020 އަށް ވަޓްސްއަޕުން މެސެޖެއް ކޮށްލަދެއްވާށެވެ.