މަޙްޝަރުގެ މައިދާނުގަ ކޮންމެ މީހަކަށްވެސް ހުންނަންޖެހޭނީ ދުނިޔޭގަ ހުރެގެން ލިބިގަތް މަންޒިލުގަ! ކުށަށް އިޢްތިރާފްވާ ޙާލު ނިކަމެތިކަންމަތީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
މަޙްޝަރުގެ މައިދާނުގަ ކޮންމެ މީހަކަށްވެސް ހުންނަންޖެހޭނީ ދުނިޔޭގަ ހުރެގެން ލިބިގަތް މަންޒިލުގަ! ކުށަށް އިޢްތިރާފްވާ ޙާލު ނިކަމެތިކަންމަތީގަ!

ޤިޔާމަތް ދުވަހު މީސްތަކުން ތިބޭނީ ދެފަޅިއެއްގައެވެ. އެއްފަޅިއަކީ ސުވަރުގޭގެ ފަޅިއެވެ. އަނެއްފަޅިއަކީ ނަރަކައިގެ ފަޅިއެވެ. ކޮންމެ މީހަކުވެސް ހުންނާނީ އެމީހާ ދުނިޔޭގައި ހުރެ ދާން މަސައްކަތްކުރި ފަޅީގައެވެ. އެފަޅި ބަދަލުކުރުމުގެ ފުރުޞަތު ހަމައެކަކަށްވެސް ނުލިބޭނެއެވެ. 

އިބްރާހިމް އައްތައިމީ ވިދާޅުވެފައިވެއެވެ.:  

ތިމަންކަލޭގެފާނު ނަރަކައިގެ ހިލިހިލާތަކުގައި ޖެހި، ގަދަފަދަ ޢަޛާބާއި ކުރިމަތިވެ، ޒައްޤޫމު ގަހުން ކައި، ހޫނުކަން ގަދަވެގެންވާ ފެން ބޯންޖެހޭ މަންޒަރު ތަސައްވުރުކުރަމެވެ. 

އަދި ތިމަންކަލޭގެފާނު ސުވަރުގޭގެ ނިޢުމަތްތަކުގައި ވަނިކޮށް ތަސައްވުރުކުރަމެވެ. ދެން ތިމަންކަލޭގެފާނު ނަފްސާއި ސުވާލުކުރަމެވެ. ތިބާ އެދެނީ ކޮންކަމެއް ހެއްޔެވެ؟ 

ނަފްސު އެދެނީ ދުނިޔެއަށް ގޮސް ސުވަރުގޭގެ އިތުރު ނިޢުމަތްތައް ލިބޭނެ ޢަމަލުތައް ކުރުމަށް ކަމަށް ބުނެއެވެ ދެން ތިމަންކަލޭގެފާނު ނަފްސާއި މުޚާތަބުކޮށް ބުނަމެވެ. ތިބާ މިހާރު ތިވަނީ އެދުވަހުން ތިބާ ވުމަށް އެދޭނެ މަންޒިލުގައެވެ (ވަގުތު ފާއިތުވުމުގެ ކުރިން ފުރުސަތުގެ ބޭނުން ހިފާށެވެ!)

 

- ޝައިޚް އަޙްމަދު ރިމާޒް

މިއަދު އޮންލައިން